AP75010103988-1536x1065

މިޔަރު ބޭނުމުގެ މުބާރާތެއް އެމެރިކާގައި ބާއްވައިފި

މިޔަރު ބޭނުމުގެ މުބާރާތެއް އެމެރިކާގެ ޕާމް ބީޗު ކައުންޓީގައި ބާއްވައިފިއެވެ.

މި މުބާރާތާއި މެދު އާއްމުގެ ގިނަ ބަޔަކު ހިތްހަމަ ނުޖެހުން ފާޅުކުރި ނަމަވެސް މުބާރާތް އިންތިޒާމްކުރި ފަރާތުން ބުނީ މިއީ މިޔަރުގެ އާބާދީ ގިނަވަމުންދާތީ އެކަމާއި މެދު ހޭލުންތެރިކަން އިތުރުކުރުމަށް ބާއްވާ މުބާރާތެއް ކަމަށެވެ.

' ޕެޓްރިކް ޕްރައިސް ބުލް ޝާކު ޓޯރނަމަންޓު' ގެ ނަމުގައި ބާއްވާ މި މުބާރާތުގައި މިއަހަރު ޖުމްލަ 9 މިޔަރު ބާނާފައިވެއެވެ. އެންމެ ބޮޑު މިޔަރުގެ ބަރުދަނުގައި 180 ކިލޯ ހުއްޓެވެ.

މި މުބާރާތުގައި ގާތްގަނޑަކަށް 54 ބޯޓަކުން ބައިވެރިވެފައިވާއިރު، ގިނަ ބަޔަކުދަނީ މި މުބާރާތާއި މެދު ހިތްހަމަ ނުޖެހުން ފާޅުކުރަމުންނެވެ.

މި މުބާރާތް އިންތިޒާމްކުރާ ފަރާތުން ހާމަކުރާގޮތުގައި މިއީ ޤަވާއިދާއި އެއްގޮތަށް ބާއްވާ މުބާރާތެއް ކަމަށެވެ. އަދި މުބާރާތުގައި ބައިވެރިވާ ބޯޓުތަކުންވެސް ވަކި ގަވާއިދުތަކަކަށް އަމަލު ކުރަންޖެހޭ ކަމަށެވެ.

މުބާރާތުގައި ޖުމްލަ 100 އާއި 125 އާއި ދެމެދުގެ އަދަދަށް މިޔަރު ބާނާފައިވާއިރު، ދިރާސާ ކުރާ ޓީމަކުން މިޔަރުގެ މައުލޫމާތުތައް ނެގުމަށްފަހު އެމިޔަރުތައް ވަނީ އަނބުރާ ކަނޑަށް ދޫކޮށްލާފައެވެ.

މުބާރާތް ކުރިއަށްދިޔަ ވަގުތުވެސް ގިނަ ބަޔަކު ދިޔައީ މިކަމާއި ދެކޮޅަށް މުޒާހަރާކުރަމުންނެވެ. އަދި މިފަދަ މުބާރާތެއް ދެން ބޭއްވުން މަނާކުރުމަށް މަސައްކަތްކުރަމުންދާ ކަމަށް މުޒާހަރާގައި އިސްކޮށް ހަރަކާތްތެރިވި ފަރާތްތަކުން ބުނެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!