india

އިންޑިއާއަށް ކުރަމުންދާ ވިއްސާރައިގައި 'މަހުގެ ވާރޭ' ވެހިއްޖެ

އިންޑިއާގެ ޓެލަންގާނާ ސްޓޭޓަށް މިހާރު ކުރަމުންދާ ވިއްސާރައިގައި އެ ސްޓޭޓުގެ، ޖަގްޓިއަލް ޓައުނަށް 'މަހުގެ ވާރޭ' ވެހިއްޖެއެވެ.

އެގޮތުން އުޑުން ވާރެއާއެކު ފޭބި މަސްތައް ގިނަ އަދަދެއްގެ ބަޔަކުވަނީ ހޮވާފައެވެ. އިންޑިއާގެ އޭޕީބީ ނިއުސްއިން ޙަބަރުދޭގޮތުގައި، ޖަގްޓިއަލް ޓައުންގެ މީހުނަށް ހޭލެވުނީ ވާރެއާއި އެކު މަސްތައް ފައިބާ އަޑަށެވެ.

މީގެ ދުވަސްކޮޅެއް ކުރިން ޓެލަންގާނާ ސްޓޭޓުގެ ބުލްޕަލްޕަލީ ޑިސްޓްރިކްޓްގެ ކަލެސްވާރަމް ކިޔާ ހިސާބަކަށްވެސް 'މަހުގެ ވާރޭ' ވަނީ ތަޖުރިބާ ކުރެވިފައެވެ.

Residents of Jagtial town in #Telangana witnessed a rare weather phenomenon as fish ‘rain’ from the sky. The phenomenon, known as 'animal rain',

ވާރެއާއި އެކު އުޑުން މަހުގެ ބާރޭ ވެހުމުގެ ހާދިސާތައް މީގެ ކުރިންވެސް ދުނިޔޭގެ އެކި ހިސާބުތަކުގައި ހިނގާފައި އެބަހުއްޓެވެ. ސައިންސްވެރިން ބުނާ ގޮތުގައި މަހުގެ ވާރޭ ވެހެން މެދުވެރިވާ ސަބަބަކީ ތިލަ ކޯރުތަކާއި ދިމާލުގައި އެނބުރޭ ވައިރޯޅި އުފެދި އެ ކޯރުގައި ހުންނަ ހުރިހާ އެއްޗެއް ވާރޭ ވިލާތަކުގެ ތެރެއަށް ދަމައިގަތުމުން ކަމަށެވެ.  އަދި އެހެން ދަމައިގަންނަ އިރު، މޫދުގައި އުޅޭ މަހާއި ވެނާ ބޮއް ފަދަ އެއްޗެހި ވެސް ދަމައިގަންނެއެވެ.

މިހެން ވާރެއާއި އެކު ފައިދާ މަސް ކެއުމަށް ބޭނުންކުރުމަކީ އެހާ ރަނގަޅު ކަމެއް ނޫން ކަމަށް ތަޖުރިބާކާރުން ބުނެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!