293555397_563764878764357_8556080341362188164_n

އިހަވަންދޫ: ހިބަރު މަސްވެރިކަމުގައި ފާހަގަކޮށްލެވޭ ރަށެއް

ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ހިބަރުގެ މަސްވެރިކަން ކުރާ އެއް ރަށަކީ ހއ. އިވަންދޫއެވެ.

އިހަވަންދޫ ފާހަގަކޮށްލެވެނީ އިހަވަންދިއްޕުޅު ހިމެނޭސަރަހައްދުން އެންމެ ގިނައަދަދަކަށް ލޮނުމަސް ބޭރުކުރާ ރަށެއްގެގޮތުގައެވެ. މިގޮތުން އިހަވަންދޫގައި ލޮނުމަސް އަޅާ ފަރާތްތަކުން އެންމެ ގިނައަދަކަށް އިހަވަންދޫ އަށް އެރުވޭ އެއްބާވަތަކީ ހިބަރެވެ.

އިހަވަންދޫގައި ގާތްގަނޑަކަށް 8 ކުދި ދޯނި ނުވަތަ ޑިންގީތައް ހިބަރު މަސްވެރިކަން ކުރެއެވެ. އަދި އެ ސަރަޙައްދުގައިވެސް ހިބަރުގެ މަސްވެރިކަން ކުރާ ފަރާތްތަކުން ހިބަރު ވިއްކަން އަންނަނީ އާއްމުގޮތެއްގައި އިހަވަންދޫއަށެވެ.

މިގޮތުން މިހާރު އާންމުގޮތެއްގައި މިދުވަސްކޮޅު ދުވާލެއްގެ މައްޗައް 20 - 35 އަކާ ދޭތެރޭގެ އަދަދުތަކަށް އުޅަނދުތަކުން އިހަވަންދޫ އަށް ހިބަރު ގެންނަކަމަށް މަސްވެރި އިހަވަނދޫ ޖަމިއްޔާއިން މައުލޫމާތުދެއެވެ.

ލަންކާއަކީ ލޮނުމަސް ރާއްޖެއިން ބޭރުކުރާ އެއް ޤައުމަށްވާއިރު، މިހާރު އެޤައުމުގައި ކުރިއަށްދާ ހަމަނުޖެހުންތަކާއި ގުޅިގެން ހިބަރު ލޮނުމަހުގެ އަގުވަނީ ވެއްޓިފައެވެ. އެގޮތުން މިހާރު އިހަވަންދޫއިން ހިބަރު ކިލޯއެއް ގަންނަމުންދަނީ 22 ރުފިޔާއަށް ކަމަށް މައުލޫމާތުލިބެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!