210915124729-01-faroe-islands-dolphin-slaughter-exlarge-169

ފެރޯ އައިލެންޑްސްގެ ކޯމަސް ހަރަކާތުގައި ދެން އެންމެ ގިނަވެގެންވެސް ބޭނޭނީ 500 ކޯމަސް

ފެރޯ އައިލްންސްގައި ކޮންމެ އަހަރަކުވެސް ބާއްވާ ކޯމަސް ޝިކާރަ ކުރުމުގެ ހަރަކާތުގައި ކޯމަސް ބެނޭނެ ލިމިޓެއް ކަނޑައަޅައިފިއެވެ.

އެގޮތުން ފެރޯ އައިލެންޑްސްގެ ސަރުކާރުން ވަނީ އެންމެ ގިނަ ވެގެންވެސް ބޭނޭނީ 500 ކޯމަސް ކަމަށް ކަނޑައަޅާފައެވެ. 18 ރަށެއް އެއްކޮށް އޮންނަ ފެރޯ އައިލެންޑްސް އަކީ ންމާކުގެ ބެލުމުގެ ދަށުގައި އޮންނަ ރަށެކެވެ.

ފެރޯ އައިލެންސްގައި ބާއްވާ ކޯމަސް ޝިކާރަކުރުމުގެ ހަރަކާތަކީ އެ ރަށުގައި މީހުން އެންމެ ފުރަތަމަ އާބާދުވީ ހިސާބުން ފެށިގެންވެސް ކޮންމެ އަހަރަކު ބާއްވަމުން އަންނަ ހަރަކާތެކެވެ. އެގޮތުން މިކަމުން ލިބޭ މަހުގެ ބޭނުން ކެއުން ބުއިމަށް ބޭނުން ކުރާ ކަމަށާއި، މިއީ ގިނަ ބަޔަކަށް އެކަމުގެ ސަބަބުން ފައިދާވާ ކަމެއް ކަމަށް އެ ޤައުމުގެ ގިނަ ބަޔަކު ދެކެއެވެ.

އެހެންނަމަވެސް މި ހަރަކާތަކީ ގިނަ ބައެއްގެ ފާޑު ކިޔުން އަމާޒުވެފައިވާ ހަރަކާތެކެވެ. މިދިޔަ އަހަރު ވަނީ 1428 ކޯމަސް މި ހަރަކާތުގައި މަރާލާފައެވެ. އަދި ކޯމަސްތައް މަރާލާފައިވަނީ ޖެޓް ސްކީ ތަކާއި ސްޕީޑު ބޯޓުތަކުގައި އެތަކެތި ބީޗާއި ހަމައަށް ފައްސައިގެން ގެނައުމަށް ފަހުގައެވެ.

މަސްތަށް އެއްގަމަށް ގެންދިޔުމުގެ މަސައްކަތްކުރަނީ

އަދި މިއީ ރަހުމުކުޑަ ގޮތެއް ކަމަށްވެސް ގިނަ ބަޔަކު ދެކެއެވެ. މިކަންތައްތަކަށް ރިއާޔަތްކޮށް ފެރޯ އައިލެންޑުގެ ސަރުކާރުން ބުނެފައިވަނީ ކޯމަސް ބޭނޭނެ ލިމިޓެއް ކަނޑައެޅުމުގެ އިތުރަށް މަސްތައް އަވަހަށް މަރާލެވޭނެ ގޮތެއްވެސް އިހްތިޔާރުކުރުމަށް މި ހަރަކާތުގައި ބައިވެރިވާ ފަރާތްތަކަށް އަނގާނެ ކަމަށެވެ.

ފެރޯ އައިލެންޑްސް ހިމެނޭ ސަރަހައްދުގައި ގާތްގަނޑަކަށް 80000 ކޯމަސް އުޅޭއިރު، މި ހަރަކާތަށް ކަނޑައަޅާފައިވާ އަދަދަކީ ރަނގަޅު އަދަދެއް ކަމަށްވެސް އެޤައުމުގެ ސަރުކާރުން ދެކެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!