Turtle

ވަޅިން ހަމަލާދީ ޒަޙަމްކޮށްލާފައިވާ 30 އަށްވުރެ ގިނަ ވެލާ ޖަޕާނުގެ ބީޗަކުން ފެނިއްޖެ

ޖަޕާނުގެ ކުމެޖީމާ އައިލެންޑުގެ ބީޗެއްގައި ވަޅިން ހަމަލާދީ ޒަހަމްކޮށްލާފައިވާ 30 އަށްވުރެ ގިނަ ވެލާ ފެނިއްޖެއެވެ.

އެގޮތުން ވެލާގެ ކަރަށާއި ފިޔަގަނޑަށްވަނީ ވަޅި ޖަހާ ޒަހަމްކޮށްލާފައެވެ.

ލިބިފައިވާ ޒަހަމްތަކުގެ ސަބަބުން ބައެއް ވެލާތައް މަރުވެފައިވާ އިރު، އަނެއްބައި ވެލާތަކަށް ހެލިފެލިވެ އުޅެންވަނީ އުނދަގޫވެފައެވެ. ވެލާތަކަށް ވަޅިން ހަމަލާދީފައިވަނީ މަސްވެރިންތަކެއް ކަމަށްވަނީ ތުހުމަތުކުރެވިފައެވެ. އެގޮތުން ދަލުގައި ޖެހި ވެލާތައް ނައްޓަން އުނދަގޫވުމުން ވެލާތަކަށް ވަޅިން ހަމަލާ ދިނީ ކަމަށް ފުލުހުން ލަފާކުރެއެވެ.

ކުމެޖިމާގެ ސީ ޓަރޓަލް މިއުޒިއަމްގެ ސްޓާފުން ވަނީ ވެލާތައް ތިބި ހިސާބަށް ގޮސް އެތަކެތީގެ ހާލު ބަލާފައެވެ. މި ބީޗަކީ ގިނަ އަދަދަކަށް މޫދު ވިނަ އޮންނަ ބީޗަކަށްވުމުން ގިނަ އަދަދަކަށް ވެލާ އެ ހިސާބަށް އާދެއެވެ.

ކުމޭޖިމާ އައިލެންޑުގެ މީހުން ބުނާގޮތުގައި އެ ހިސާބުގައި ދާ ޖަހައިގެން މަސްވެރިކަން ކުރާ ފަރާތްތަކުގެ ދަލުގައި އެގޮތަށް ޖެހޭ ވެލާތައް ދަލުން ނައްޓާލުމަށް ވަޅި ޖަހާ މަރާލުމަކީ އާއްމު ކަމެއް ކަމަށެވެ.

ޖަޕާނުގެ ފުލުހުން ދަނީ ވެލާއަށް ހަމަލާދިނުމުގެ މައްސަލަ ތަހުޤީގު ކުރަމުންނެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!