އެމެރިކާގެ ފްލޮރިޑާގައި، މިޔަރެއް ހިފަން އުޅުނު މީހެއްގެ އިނގިލި މިޔަރު ކާލައިފިއެވެ.
މި މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި މިހާރު އާއްމުވެފައިވާއިރު، އެމީހާ މިޔަރު ހިފަން މަސައްކަތްކޮށްފައިވަނީ އަތުންނެވެ. މަސް ބޭނުމަށް ބޭނުން ކުރާ އާލާތެއްގެ އެހީ އަކާއި ނުލައެވެ.
އެގޮތުން މިޔަރުގެ ނިގުލުގައި ހިފައިގެން އޭތި މަތަކުރަން މަސްވެރިއާ އުޅޭތައް ވީޑިއޯއިން ފެނެއެވެ. އަދި މިޔަރު އެމީހާ ކައިރިން ސަލާމަތްވުމަށް އަތުގައި ދަށް އަޅައެވެ. އެއާ އެކު އެއްޗެއް ހަފާލާ އަޑުފައްގަނޑުވެސް ވީޑިއޯއަށް އިވެއެވެ.
އިނގިލީގައި ދަތް އަޅައިގެން އޮވެ މިޔަރު ތެޅެއެވެ. އެގޮތަށް އިރުކޮޅެއް ވުމަށްފަހު މިޔަރު މީހާގެ އިނގިލި ދޫކޮށްލައެވެ.
މި ވީޑިއޯ ޓިކްޓޮކްގައި ވައިރަލްވެފައިވާއިރު، 100 އަށްވުރެ ގިނަ ކޮމެންޓު ވަނީ ލިބިފައެވެ.
ބައެއް މީހުން އެމީހާ މިޔަރެއް ހިފަން އުޅުމުން އެކަމަށް ފާޑުކިޔާފައިވާއިރު، އަނެއްބައި މީހުންވަނީ މިޔަރެއް އަތުގައި ދަތް އެޅުމުންވެސް އެމީހާ އެކަމާއި ހާސްވެގެން އުޅޭތައް ނުފެންނާތީ އެކަމާއި ތައުރީފްކޮށްފައެވެ.