Court_2905

މެލޭޝިއާގެ ކަނޑުގެ ސަރަޙައްދުން މަސްވެރިކަން ކުރި ބަޔަކު 157109 ޑޮލަރުގެ ޖޫރިމަނާއެއް ދައްްކަން ޖެހިއްޖެ

ޤަވާއިދާ ހިލާފަށް މެލޭޝިއާގެ ކަނޑުގެ ސަރަހައްދުން، މަސްވެރިކަން ކުރި ވިއެޓްނާމްގެ މަސްވެރިންތަކަކަށް 157109 ޑޮލަރުގެ ޖޫރިމަނާއެއް ދައްކަން ޖެހިއްޖެއެވެ.

އެގޮތުން މެލޭޝިއާގެ ކަނޑުގެ ސަރަހައްދުން ޤަވާއިދާ ހިލާފަށް މަސްވެރިކަންކޮށްފައިވާ ބޯޓުގައި ހިމެނޭ 5 މަސްވެރިންގެ މައްޗަށް މި ވަނީ ޖޫރިމަނާ ފައިސާ ދެއްކުމަށް އަންގާފައެވެ.

މެލޭޝިއާގެ ކޯޓުން ބުނެފައިވަނީ ބޯޓުގެ ކެޔޮޅު 112246 ޑޮލަރުގެ ޖޫރިމަނާއަކާއި، 4 މަހުގެ ޖަލު ހުކުމެއް އިއްވާފައިވާއިރު، ދެން ތިބި މަސްވެރިންނަށް ވަނީ ކޮންމެ މީހެއް 11224 ޑޮލަރުގެ ޖޫރިމަނާއަކާއި 3 މަހުގެ ޖަލު ހުކުމެއްް ވަނީ އިއްވާފައެވެ.

ގަވާއިދާއި ހިލާފަށް މަސްވެރިކަން ކުރަމުން ދަނިކޮށް ވިއެޓްނާމްގެ ބޯޓު އަތުލައިގަނެފައިވަނީ މިމަހުގެ 4ވަނަ ދުވަހުއެވެ. ހުކުމް އިއްވުމުން މަސްވެރިން ވަނީ އަބަދު ލުއިކޮށްދީ، ޤައުމަށް އަނބުރާ ފޮނުވާލުމަށް އެދިފައެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!