FXo0z6lUcAA41nk

އެމެރިކާގެ ލޯންގް އައިލެންޑުގައި މިިޔަރު ހަމަލާ ދިނުމުގެ ހާދިސާތައް އިތުރުވެ، އާއްމުން ބިރުވެރިކަމެއްގައި

ތިން ހަފްތާ ތެރޭގައި އެމެރިކާގެ ލޯންގް އައިލެންޑުގައި މިޔަރު ހަމަލާ ދިނުމުގެ 6 ހާދިސާއެއް ރިޕޯޓުކޮށްފިއެވެ.

މި ދުވަސްވަރަކީ ގިނަ އަދަދެއްގެ ބަޔަކު ބީޗަށް ދާ ދުވަސްވަރަކަށްވާއިރު، މިޔަރުގެ ހަމަލާތައް އިތުރުވުމާއި މޫދަށް އެރި އުޅޭ މީހުންނަށް ބީޗާއި ކައިރި ހިސާބުން މިޔަރު ފެންނަ މިންވަރު އިތުރުވެފައިވާތީ މޫދާ ދާ ފަރާތްތަކުން ސަމާލުވުމަށް ލޯންގ އައިލެންޑުގެ ކަމާގުޅޭ ފަރާތްތަކުން ވަނީ އިލްތިމާޒްކޮށްފައެވެ.

މިިޔަރުގެ ހަމަލާތައް އިތުރުވެފައިވާއިރު، ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ މަހުގެ 30 ވަނަ ދުވަހުން ފެށިގެން މިމަހުގެ 20ވަނަ ދުވަހާއި ހަމައަށް މިފަދަ 6 ހާދިސާއެއްްވަނީ ރިޕޯޓުކޮށްފައެވެ.

މީގެން އެއްވެސް ހަމަލާއެއްގައި މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައެއް ނުވައެވެ. އަދި އާއްމުގޮތެއްގައި މީހުންނަށް ހަމަލާ ދީފައިވަނީ 4 ނޫނީ 5 ފޫޓުގެ މިޔަރު ކަމަށްވަނީ ރެކޯޑުކުރެވިފައެވެ.

މިޔަރުގެ ހަމަލާތައް އިތުރުވެފައިވަނިކޮށް މިމަހުގެ 20ވަނަ ދުވަހު 8 ފޫޓުގެ ބޮޑު މިޔަރެއް ވަނީ ލޯންގ އައިލެންޑުގެ ބީޗަކަށް ލައްގާފައެވެ. މަރުވެފައިއޮތް މި މިޔަރަށް އާއްްމުންގެ ބޮޑު ސަމާލުކަމެއް ލިބިގެން ދިޔައެވެ.

ބައެއް މީހުން ބުނަމުންދަނީ މިގޮތަށް މަރުވެގެންވެސް މިޔަރެއް ލެއްގުމުން އެނގިގެންދަނީ އެހިސާބުގައި މިޔަރުތައް ގިނަވެފައިވާ މިންވަރު ކަމަށެވެ.

މީހުންގެ ސަލާމަތަށްތަކައި ލޯންގްއައިލެންޑުންވަނި ބީޗުތަކުގައި ހަރަކާތްތެރިވާ ލައިފްގާޑުންގެ އަދަދު 25 އިންސަައްތައިން އިތުރުކޮށްފައެވެ. އެގޮތުން ގާތްގަނޑަކަަށް 500 ލައިފް ގާޑުން މިހާރު ހަރަކާތްތެރިވަމުންދާކަމަށް އެ ސްޓޭޓުން މައުލޫމަތުދެއެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!