އިންޑިއާގެ އޮޑިޝާ ސްޓޭޓުގެ މަސްވެރިއަކު ބޭނި 32 ކިލޯގެ މަހެއް 20،000 ޑޮލަރަށް ވިއްކާލައިފިއެވެ.
އޮޑިޝާގެ މަސްވެރިއެއްް ކަމުގައިވާ ހާޕިޝް އޮލާ، ބާނާފައިވާ މަހަކީ މަދުން ނޫނީ ނުފެންނަ މަހެކެވެ. އަދި މިއީ ދުނިޔޭގެ ބާޒާރުގައިވެސް ޑިމާންޑު ބޮޑު މަހެކެވެ. އެގޮތުން މި ގޯލް ފިޝް އޭނާ ވިއްކާލާފައިވަނީ މަސް ވިއްކާ ނީލަމެއްގައެވެ.
ޙަބަރުތައް ބުނާގޮތުގައި އެ މަސް ގަނެފައިވަނީ ކޮލްކަލާގެ ކުންފުންޏަކުންނެވެ. އެގޮތުުން އެ މަސް ގަތުމުގެ ކުރިން އޭގެ ފޮޓޯއާއި ވީޑިއޯތައް އެ ކުންފުނިންވަނީ ވަރަށް ރަނގަޅަށް ބަލާފައެވެ.

ހާފިޝް ހިފި މަސް 20000 ޑޮލަރަށް ވިއްކާލާފައިވާއިރު މިއީ އިންޑިއާގެ ފައިސާއިން ބަލާ ނަމަ 3.1 އެއްލައްކަ ރުޕީސްއެވެ. ހާޕިސް މިވަނީ އެއްރޭ މަތިން މުއްސަދިވެފައެވެ.
އިންޑިއާގެ ބައެއް ނޫސްތަކުގައިވާގޮތުގައި އޭނާ ބާނާފައިވާ މަހަކީ އިންޑޮނޭޝިއާ، ސިންގަޕޯރ އަދި މެލޭޝިއާގައި ބޭހުގެ ބޭނުންތަކަށް ބޭނުންކުރާ މަހެކެވެ. މިއާ އެކު މިމަހަކީ އަގުހުރި މަހެއް ކަމަށްވެސް މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ.