fefd

ލޯންޗުމައްޗަށް ފުއްމާލީ 10 ފޫޓުގެ ބޮޑު މަހެއް

ބޮޑުމަސް ބެލުމަކީ އާއްމުން ޝައުގުވެރިވާ ކަމެކެވެ. އެހެން ނަމަވެސް މިފަދަ ހަރަކާތްތަކުގެތެރެއިން ބިރުވެރި ހާދިސާތަކާއިވެސް މަދުން ނަމަވެސް ކުރިމަތިލާން ޖެހޭތަން އާދެއެވެ.

އެގޮތުން މިފަހުން އެމެރިކާގެ މެސެޗުސެޓްސްގައި މިވަނީ ބޮޑުމަސް ބަލަން ކުޑަ ލޯންޗެއްގައި ތިބި ބައެއްގެ ލޯންޗު މައްޗަށް ބޮޑު މަސް ފުއްމާލާފައެވެ. ނަސީބަކުން މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.

މި މަންޒަރު ފެންނަ ވީޑިއޯ އާއްމުވެފައިވާއިރު، ވީޑިއޯއިން ފެންނަ ގޮތުގައި ބޮޑު މަސް ކަނޑުން މައްޗަށް ފުއްމާލުމަށްފަހު ދެން ގޮސް ޖެހެނީ ކުޑަ ލޯންޗުމަތީގައެވެ.

ޕްލައިމައުތުގެ ހާބަރ މާސްޓަރ، ޗެޑު ހަންޓަރ ބުނީ ކުޑަ ލޯންޗު މައްޗަށް ބޮޑު މަސް ވެއްޓުމަށްފަހު، އެމަސްވަނީ އަނބުރާ މޫދަށް ފުއްމާލާފައެވެ. މި ހާދިސާގައި ލޯންޗަށް އެހާ ބޮޑު ގެއްލުމަށް ލިބިފައެއް ނުވެއެވެ.

ބޮޑު މަސް ފުއްމާލި ލޯންޗުގައި ހުރި މީހެއް ބުނި ގޮތުގައި ކުއްލިއަކަށް 10 ފޫޓުގެ ބޮޑު މަހެއް ފެނުން މައްޗަށް ފުއްމާލުމަށްފަހު ވެއްޓުނީ ބޯޓު ތެރެއަށް ކަމަށެވެ. މިއާއެކު ބޯޓުގެ އެއްބައި ފެނުން އަޑިއަށްވެސް ދިޔަ ކަމަށެވެ. ނަމަވެސް ބޮޑު މަސް އަމިއްލައަށް ފުރޮޅިލައިގެން މޫދަށް ފުއްމާލީ ކަމަށްވެސް އޭނާ ބުންޏެވެ.

މި ހާދިސާއަށްފަހު ހާބަރ މާސްޓަރވަނީ ހުރިހާ އުޅަނދުފަހަރުތައްވެސް ބޮޑު މަސް ބެލުމުގައި 100 ޔާޑުގެ ދުރުމިނެއް ގެންގުޅުމަށް ހަދުމަކޮށްދީފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!