މަސްވެރިކަމާއި ގުޅޭ

މަސްދޯނި ފަހަރު
މަސްދޯނި ފަހަރު

ރޭންޖް ނުލިބޭ ހިސާބަށް ނައިޓް ފިޝިންއަށް ދާނަމަ ސެޓެލައިޓް ފޯނު ގެންދަން އެމްއެންޑީއެފް އިން އެދިއްޖެ

ހާއްސަކޮށް މޫސުން ގޯސްއިރު، ނައިޓް ފިޝިންފަދަ ތަންތަނަށް ދާނަމަ ސެޓެލައިޓް ފޯނު ގެންދިއުމަށް އެމްއެންޑީއެފް ކޯސްޓްގާޑުން އިލްތިމާސް ކޮށްފިއެވެ.

މިހާރު ރާއްޖެއަށް ކުރަމުން މިދާ ވިއްސާރައާ ގުޅިގެން، ރައްކާތެރިވުމަށް ސަމާލުކަން ދިނުމާ ގުޅޭގޮތުން ޓީވީއެމްގެ ހެނދުނު ހެނދުނާ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އެމްއެންޑީއެފް ކޯސްޓްކާޑުގެ ފަސްޓް ލެފްޓިނަންޓް މުހައްމަދު ޙަބީބު ވިދާޅުވީ، އެފަދަ ހާދިސާއެއް އިއްޔެވެސް ހިނގާފައިވާ ކަމަށެވެ.

ހަބީބު ވިދާޅުވީ، ނައިޓްފިޝިންއަށް ދާއިރު، ރޭންޖް ނުލިބޭ ހިސާބަށް ދިއުމުން، އެމީހުންގެ ހާލަތެއް ނޭނގޭތީ އާއިލާއިން އެމްއެންޑީއެފްއަށް ގުޅާ ރިޕޯޓް ކުރާ ކަމަށެވެ. އެހެންކަމުން ރޭންޖު ނުލިބޭ ހިސާބަށް މަހަށް ދާނަމަ، ސެޓެލައިޓް ފޯނު ގެންދިއުމަށް ހަބީބު ވަނީ އިލްތިމާސް ކުރައްވާފައެވެ.

" މިސާލަކަށް މަސްދޯނިފަހަރު ހުންނާނެ ސެޓެލައިޓް ފޯނު، އެ އެޓެލައިޓް ފޯނުގެ ނަންބަރު އަބަދުވެސް އޭނަގެ އަނބިމީހާއަށް ނުވަތަ އާއިލާއަށް ދީފަ ބޭއްވުން. އޭރުން އަޅުގަނޑުމެންނަށް ސީދާ އެމްއާރުސީސީން ކޮންޓެކްޓް ކޮށްގެން، ޕްލަސް އެމީހަކަށް އަމިއްލައަށް ޕާސަނަލީވެސް ސެޓަލައިޓް ފޯނަށް ގުޅާ، ކޮންތާކުތޯ [ދޯނި] އޮތީވެސް ބަލާލެވޭނެ،" ހަބީބު ވިދާޅުވިއެވެ.

މީގެ އިތުރުން ހަބީބު ވިދާޅުވީ، ސެޓެލައިޓް ފޯނަށް ގުޅޭނެގޮތަށް ހެދުމަކީ ދޯނީގެ ކެޕްޓަންގެ މަސްއޫލިއްޔަތެއް ކަމަށެވެ. އެހެންކަމުން ރޭންޖް ނުލިބޭ ހިސާބަށް ދޯނި ދާނަމަ، ސެޓޭލައިޓް ފޯނު އަބަދުވެސް ކެޕްޓަންއަށް ފެންނަ ހިސާބުގައި ބޭއްވުމަށް ހަބީބު ވަނީ ހަނދާންކޮށްދީފައެވެ.

ރާއްޖެއަށް މޫސުން ގޯސް ވުމުގެ ސަބަބުން މިހާރު ވަނީ ޔެލޯ އެލާޓް ނެރިފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!