1310180041_16312827857591n

ބަންގްލަދޭޝްގައި ހިލްސާގެ މަސްވެރިކަން މިދުވަސްކޮޅު ވަރަށް ރަނގަޅު

ބަންގްލަދޭޝްގައި އެންމެ މަޤްބޫލް މަހުގެ ބާވަތްކަމަށްވާ ހިލްސާ މަސް މިދުވަސްކޮޅު ވަރަށް ތިޔާގި ކަމަށް މަސްވެރިން ހާމަކޮށްފިއެވެ.

ހިލްސާ މަސް ހިފޭ މިންވަރު އިތުރުވެފައިވާ ކަމަށް މަސްވެރިން ބުނެފައިމިވަނީ އެމަސް ހިފުން 65 ދުވަހަށް މަނާކުރުމަށް ފަހު، އަލުން އެ މަސް ބޭނުމުގެ ހުއްދަ ދިނުމާއި އެކު އެވެ. ބަންގްލަދޭޝުގައި މި މަސް ހިފަނީ ދާ ޖަހައިގެންނެވެ.

ހިލްސާ މަހުގެ އާބާދީ އިތުރުކުރުމަށްޓަކައި ކޮންމެ އަހަރަކުވެސް ވަކި މުއްދަތަކަށް އެމަސް ހިފުން މަނާކުރެއެވެ. އެހެން ނަމަވެސް ފާއިތުވީ 2 އަހަރުވެސް މި ފިޔަވަޅާއި އެކުވެސް ހިލްސާ މަހުގެ ސްޓޮކް އިތުުރުވެފައެއް ނުވެއެވެ.

ބަންގުލަދޭޝުގެ ޤައުމީ މަހުގެ ގޮތުގައި ބެލެވޭ، ހިލްސާ މަސް ހިފޭ މިންވަރު އިތުރުވުމާއި އެކު އެޤައުމުގެ އެކި ހިސާބުތަކަށް މިމަސް މިހާރު އެއްވެސް ދަތިކަމެއް ނެތި ދަނީ ފޯރުކޮށްދެމުންނެވެ. އަދި ހިލްސާ މަހުގެ އަގުވެސް ބާޒާރުގައި ދަނީ މަޑުމަޑުން ދަށަށް ދަމުން ކަމަށް ޚަބަރުތައް ބުނެއެވެ.

ހިލްސާ މަސް ހޯލްސޭލް ކުރާ ފަރާތެއް ކަމުގައިވާ، އަބްދުލް ޖައްބާރު ބުނީ، ހިލްސާ މަސް ބާޒާރުގައި ތިޔާގިވެފައިވާއިރު، މަހުގެ އަގުވެސް ދަށްވެފައިވާ ކަމަށެވެ.

ޝާޙުޖަލާލު ނަމަކަށް ކިޔާ މަސްވެރިއެއް ބުނިގޮތުގައި، އެ ބޭނުން މަނާކޮށްފައި އޮތުމަށްފަހު، މިހާރު މަސް ބޭނުމުގެ ހުއްދަ ދިނުމާއި އެކު، ދާ ތަކުގައި އެމަސް ޖެހޭ މިންވަރު އިތުރުވެފައިވާ ކަމަށެވެ. އަދި މަހުގެ ސައިޒުވެސް ބޮޑެތި ކަމަށާއި، މިއާ އެކު ބާޒާރުގައި މަސް ވިއްކައިގެން ރަނގަޅު އާމްދަނީއެއް ލިބޭ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!