މަސްވެރިކަމާއި ގުޅޭ

ތިސަނޮޓިއުތިޑޭ އާއިލާއަށް ނިސްބަތްވާ ހަމައެކަނި ބާވަތަކީ ތުތި ބޯވަދިލަމަސް

ތިސަނޮޓިއުތިޑޭ އާއިލާއަށް ނިސްބަތްވާ ހަމައެކަނި ބާވަތަކީ ތުތި ބޯވަދިލަމަސް ނުވަތަ ޑައިމަންޑްބެކް ސްކުއިޑެވެ. މި ބާވަތުގެ މަހަށް ތުތި ބޯވަދިލަމަހުގެ ނަމުން ނަން ދެވުނީ، މި މަހުގެ ސިފަ ތުތިމަސް ބައްޓަމަށް ހުންނާތީއެވެ.

ދެހާސް ދިހަ ވަނަ އަހަރު ރޯޕަރ އަދި ޖެރެބް ބުނެފައިވާ ގޮތުގައި، ތުތި ބޯވަދިލަމަސް ތިން ފޫޓާއި ހަތަރު ފޫޓާ ދެމެދުގެ ދިގުމިނަކަށް ބޮޑުވެއެވެ. އަދި މި މިނަށް ދިގުވާއިރު ބަރުދަނުގައި 30 ކިލޯ ހުރެއެވެ.

ދެހާސް ސަތާރަ ވަނަ އަހަރު ފިޝަރީޒް މިނިސްޓްރީން ބުނެފައިވާ ގޮތުގައި، ދިވެހިރާއްޖޭގައި އުޅޭ ތުތި ބޯވަދިލަމަހާ ބެހޭގޮތުން މައުލޫމާތު އެއްކުރުމަށްޓަކައި 2016 ވަނަ އަހަރު ކުރި ދިރާސާއެއްގެ ތެރެއިން ނަގާފައިވާ ތުތި ބޯވަދިލަމަހުގައި ހުރީ އެވްރެޖްކޮށް ފޫޓަކާއި ދެ ފޫޓުބަޔާ ދެމެދެވެ.

މި ތަހުލީލުގައި 59 ތުތި ބޯވަދިލަމަސް ނަގާފައިވާއިރު، އޭގެ ބަރުދަނުގައި 1.60 ކިލޯއިން ފެށިގެން 16.80 ކިލޯ ހުރި ތުތި ބޯވަދިލަމަސް ހިމެނެއެވެ.

ނިގްމަތުލިން އެޓް އަލް ބުނެފައިވާ ގޮތުގައި، ތުތި ބޯވަދިލަމަހުގައި ފެންނަން ހުންނަ ވަކިވަކި ސިފަތަކުން އޭގެ ޖިންސު ވަކިކުރަން އެނގެއެވެ. މި ބާވަތުގެ މަހުގެ އުމުރު ވަރަށް ކުރެވެ. އާއްމުކޮށް ތުތި ބޯވަދިލަމަހުގެ އުމުރަކީ އަހަރެކެވެ. އުމުރުން ހަ މަހާ ނުވަ މަހާ ދެމެދު މިބާވަތުގެ މަސް ފުރާވަރަށް އަޅައެވެ.

އިތުރު ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!