ވިއްސާރަ ދުވަހެއްގެ ކަނޑުމަތި -- ފޮޓޯ/ ދަ ޕްރެސް
ވިއްސާރަ ދުވަހެއްގެ ކަނޑުމަތި -- ފޮޓޯ/ ދަ ޕްރެސް

މަސްވެރިންނާއި ދަތުރުވެރިން ސަމާލުވޭ! މިއަދުވެސް ޔެލޯ އެލަރޓް!

ދިވެހިރާއްޖޭގެ މޫސުމާބެހޭ ޤައުމީ އިދާރާ (މެޓް) އިނ،ް ރާއްޖޭގެ މޫސުން މިއަދުވެސް ގޯސްވާނެކަމަށް ލަފާކޮށް، މިއަދުވެސް ޔެލޯ އެލަރޓް ނެރެފިއެވެ. މިއީ މޫސުން ގޯސްވާނެ ކަމަށް ލަވާކޮށް، ޔެލޯ އެލަރޓް ނެރުނު ތިންވަނަ ދުވަހެވެ. މިދިޔަ ދެ ދުވަހުވެސް މެޓުން ވަނީ ޔެލޯ އެލަރޓް ނެރެފައެވެ.

އެގޮތުން އިއްޔެއެކޭވެސް އެއްފަދައިން މިއަދުވެސް ޔެލޯ އެލަރޓް ނެރެފައި ވަނީ ހއ. އަތޮޅުން ފެށިގެން އދ އަތޮޅާ ދެމެދަށެވެ. މެޓުން ލަފާކޮށްފައިވާ ގޮތުގައި އެ ސަރަހައްދަށް ގަޑިއަކު 25 މޭލާ 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ކަނޑުތައް ވަރަށް ގަދަވާނެއެވެ.

އެހެންކަމުން މިއަދު ހަވީރު 4:30އާ ހަޔަމަށް މެޓުން ވަނީ ޔެލޯ އެލަރޓް ނެރެފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!