baby-sea-turtle-sh-jef-210606_1622991897598_hpMain_16x9_1600

މޫސުމަށް އަންނަމުންދާ ބަދަލުތަކާއި އެކު ފްލޮރިޑާގައި އަންހެން ވެލާގެ އާބާދީ ބޮޑުތަނުން އިތުރުވަނީ

މޫސުމަށް އަންނަމުންދާ ބަދަލުތަކާއި އެކު އެމެރިކާގެ ފްލޮރިޑާގެ ބީޗުތަކަށް ވެލާތައް އަޅާ ބިސްތަކުން ފީވެގެން ނިކުންނަނީ ހުސް އަންހެން ވެލާތައް ކަމަށް ދިރާސާއަކުން ދައްކައިފިއެވެ.

ފްލޮރިޑާގެ ޓާޓަލް ހޮސްޕިޓަލުން ހާމަކުރާގޮތުގައި، ހޫނު މޫސުމާއި އެކު ބީޗުތަކުގެ ވެލިގަނޑުވެސް ވަނީ ވަރަށް ބޮޑަށް ހޫނުވެފައި ކަމަށެވެ. މިއާއެކެ ބިސް ވަޅުތަކުން ފީވެގެން ނިކުންނަނީ ހުސް އަންހެން ވެލާތައް ކަމަށެވެ. އަދި ފާއިތުވީ ހަތަރު އަހަރު ދުވަހުގެ ހޫނު މޫސުމަކީވެސް އެންމެ ހޫނުކަން ގަދަ ކަމަށް ރެކޯޑު ކުރެވިފައިވާ މޫސުންތައް ކަމަށް އެ ހޮސްޕިޓަލުން ފާހަގަކުރެއެވެ.

ސައިންސްވެރިން ފާއިތުވީ ހަތަރު އަހަރު ކުރިއަށް ގެންދިޔަ ދިރާސާއިން ދެއްކި ގޮތުގައި، ވެލާތަކުގެ ބިސްވަޅުތަކުން ފީވެގެން ނިކުމެފައިވަނީ ހުސް އަންހެން ވެލައެވެ.

ވެލާތައް ބިސް ވަޅުތަކަށް ބިސް އެޅުމަށްފަހު، އެ ބިހުން ނިކުންނާނެ ވެލާގެ ޖިންސު ކަނޑައަޅިގެންދަނީ ވެލިގަނޑުގެ ހޫނު މިނުގެ މައްޗަށް ކަމަށް ސައިންސްވެރިން ހާމަކުރެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!