ދިވެހިރާއްޖޭގެ މޫސުމާބެހޭ ޤައުމީ އިދާރާ (މެޓް) އިނ،ް ރާއްޖޭގެ މޫސުން މިއަދުވެސް ގޯސްވާނެކަމަށް ލަފާކޮށް، މިއަދުވެސް ޔެލޯ އެލަރޓް ނެރެފިއެވެ. މިއީ މޫސުން ގޯސްވާނެ ކަމަށް ލަވާކޮށް، ޔެލޯ އެލަރޓް ނެރުނު ހަތަރުވަނަ ދުވަހެވެ. މިދިޔަ ތިން ދުވަހުވެސް މެޓުން ވަނީ ޔެލޯ އެލަރޓް ނެރެފައެވެ. ނަމަވެސް އެލަރޓް ނެރުނު ސަރަހައްދުތައް ތަފާތެވެ.
Alert Yellow for torrential rain and thunderstorms pic.twitter.com/Jx5FST2dNS
— Maldives Meteorology (@MetMaldives) August 3, 2022
އެގޮތުން މިއަދު ޔެލޯ އެލަރޓް ނެރެފައި ވަނީ ގދ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ދެމެދަށެވެ. މެޓުން ލަފާކޮށްފައިވާ ގޮތުގައި އެ ސަރަހައްދަށް ބޯކޮށް ވާރޭ ވެހުމާއެކު ގުގުރާނެއެވެ.
އެހެންކަމުން މިއަދު ހަވީރު 4:30އާ ހަޔަމަށް ރާއްޖޭގެ ދެކުނަށް މެޓުން ވަނީ ޔެލޯ އެލަރޓް ނެރެފައެވެ.