ކޫއްޑޫއަށް މަސް ކިރައި، ފައިސާ ލިބުން ލަސްވާތީ މަސްވެރިން ކަންބޮޑުވުން ފާޅުކުރަން ފަށައިފިއެވެ.
މި ނޫހާ ވާހަކަ ދެއްކި މަސްވެރިއަކު ބުނީ، ރޯދައިގެ ފަހުން މަސްވެރިކަން ރަނގަޅު ނުވާ ކަމަށާއި، އޭގެ ފަހުން މަސް ބޭނެނީ އަބަދުވެސް މަދުން ކަމަށެވެ. އެޔާއެކު މޫސުންވެސް ގޯސްވުމާ ގުޅިގެން، ރޯދައިގެ ފަހުން މަސްވެރިކަން ރަނގަޅު ނުވާކަމަށް އޭނާ ފާހަގަ ކުރިއެވެ.
އެހެންކަމުން ބޭނޭ މަދު މަސްކޮޅުގެ ފައިސާ ލިބުން ލަސްވުމަކީ މަސްވެރިންނަށް ލިބޭ ވަރަށް ބޮޑު ދަތިކަމެއްކަމަށް މަސްވެރިޔާ ބުންޏެވެ. މިދިިޔަ ހަފްތާގެ ފައިސާ ލިބިފައި ނުވާއިރު، މި ހަފްތާގެ ފައިސާވެސް ލިބެންވީ ދުވަހަށްވުރެ ލަސްވެފައިވާކަމަށް އޭނާ ފާހަގަ ކުރިއެވެ.
އެކަމާ ގުޅިގެން، ފައިސާ ލިބުން ލަސްވަނީ ކީއްވެތޯ ބެލުމަށްޓަކައި ކޫއްޑޫ އެކައުންޓެންޓުންނާ ގުޅުމުން ޖަބާވަކަށް ބުނީ، ފައިސާ މާލޭ ކޮޅަށް ފިނުވާފައި ވާނެ ކަމަށާއި މަސްވެރިންނަށް ފައިސާ ލިބުން ލަސްވަނީ މާލޭކޮޅުން ދިމާވެގެން އުޅޭ ކަމަކުންކަމަށް ލަފާކުރެވޭކަމަށް މަސްވެރިޔާބުންޏެވެ.
ކޫއްޑޫ އެކައުންޓެންޓާ ހަވާލާދީ މަސްވެރިޔާ ބުނީ، ފައިސާ ލިބުން ލަސްވާނީ، ހީވާގޮތުން ކުޑަ މައްސަލައެއް ދިމާވެގެން ކަމަށާއި ފައިސާގެ މައްސަލައެއް އުޅެނީ ކަމަށް ވެދާނެ ކަމަށެވެ. ނަމަވެސް އެފަދަ އެއްވެސްކަމެއް މަސްވެރިންނަށް ނާންގާ ކަމަށް މަސްވެރިޔާ ފާހަގަ ކުރިއެވެ.