Rare-Walking-Shark-Spotted-credit-Warner-Bros-Discovery

މިޔަރެއް ހިނގާ ވީޑިއޯއަކަށް ގިނަ ބައެއްގެ ސަމާލުކަން

ގާތަކެއްގެ މަތީގައި މިޔަރެއް ހިނގާފައި ދާ ވީޑިއޯއަކަށް ގިނަ ބައެއްގެ ސަމާލުކަން ލިބިއްޖެއެވެ.

ޑިސްކަވަރީ ޗެނަލްގެ ޕްރޮގްރާމަކަށް ޝޫޓުކުރަމުން ދަނިކޮށް މިޔަރު ގާތަށް މަތީ ހިނގާފައިދާ މަންޒަރު ނަގާފައިވަނީ ފޮރެސްޓު ގްލާންޓޭ ނަމަކަށް ކިޔާ ކެމެރާމަނެކެވެ. މިހާރު ވައިރަލްވެފައިވާ ވީޑިއޯއިން ފެންނަ ގޮތުގައި ގުލާންޓޭ ވަރަށް ކައިރިން މިޔަރު ގާތަށް މަތީގައި ހިނގާފައިދާ ގޮތަށް އޭގެ ފަންގަނޑު ޖަހަމުން ދެއެވެ.

ފޮރެސްޓު ގެ ވީޑިއޯއިން ފެންނަނީ އެޕެލެޓު ޝާކެކެވެ. މި ބާވަތުގެ މިޔަރު ތަކަކީ އެއްގަމުގައި ހިނގާފައި އުޅުމުގެ ގާބިލްކަން ލިބިފައިވާ މިޔަރު ތަކެކެވެ. އެހެން ނަމަވެސް މީގެ ކުރިން އޭގެ މިފަދަ ވީޑިއޯތަކެއް އާއްމުންނަށް ފެނިފައެއް ނުވެއެވެ.

ސައިޒުގެ ގޮތުން ކުޑަ މި މިޔަރު އާއްމުގޮތެއްގައި ކައި އުޅެނީ ކުދި ފަނިތަކާއި ކުދި ކުދި މަސްތަކެކެވެ. އަދި ބައެއް ކަހަލަ ކުދި ކަކުނިވެސް ކައި އުޅެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

One Response

  1. އެއީ ހިނގަނީ އަކީ ނޫން! އެއީ ލޫދެނީ!