މިދުވަސްވަރު، ކަނޑުގެ ލޮނުގަނޑު އާދަޔާހިލާފަށް ހޫނުވުމާއިއެކު އިނގިރޭސިވިލާތުގެ ކޯންވޯލްގެ ބީޗުތަކަށް ގިނަ އަދަދަކަށް ސްޕައިޑާ ކުރެބް އަރަމުންދެއެވެ. ސްޕައިޑާ ކްރެބަކީ ވިހަގަދަ ކަކުންޏެކެވެ. އެހެންނަމަވެސް މީގެ ވިހައަކީ އިންސާނުންނަށް ނުރައްކާތެރި އެއްޗެއް ނޫނެވެ.
މިދުވަސްވަރު ހިޖުރަކުރުމުގައި އުޅޭ ސްޕައިޑާ ކުރެބްތައް އައްސޭރިފަށަށް ގޮސް އޭގެ ތޮށިގަނޑު ދޫކޮށްލާ އާ ތޮށިގަނޑަކާއި އެކު ކަނޑުގެ 300 ފޫޓު އަޑިއަށް ދާނެއެވެ.
މި ބާވަތުގެ ކަކުންޏަކީ ބަލާ ބެލުމަށްވެސް އެހެން ކަކުނިތަކާއި ތަފާތު ކަކުންޏެކެވެ. އެގޮތުން ފައިދިގު މަކުނެއް ގޮތަށް މި ކަކުނީގައި ދިގު ފައެއް ހުރެއެވެ. އަދި މި ކަކުނި ދަތް އަޅައިފި ނަމަ މޫދުގައި އުޅޭ ކުދި ކުދި ދިރުންތައް މަރުވެއެވެ.

ގިނަ އަދަދަކަށް ބީޗުތަކަށް ސްޕައިޑާ ކުރެބް އަރަމުންދާތީ މޫދަށް އެރި އުޅޭ މީހުންނަށް ވަނީ މީގެ އުދަނގޫ ޖެހިފައެވެ. އެގޮތުން މިދުވަސްވަރު ގިނަ މީހުން މޫދަށް އެރެންވެސް ބޭނުން ނުވެއެވެ.
މޫސުމަށް އަންނަމުންދާ ބަދަލުތަކާއި އެކު ކަނޑުގެ ލޮނުގަނޑު ހޫނުވެ، ކަނޑުގެ ދިރުންތަކަށްވެސް ދަނީ އެކަމުގެ އަސަރުތައް ކުރަމުންނެވެ.