މާދަމާ ފެށޭ މޯލްޑިވްސް މެރައިން އެކްސްޕޯ 2022 ގައި މެރިން އިކުއިޕްމަންޓްސްގެ ސްޓޯލެއް ބައިވެރިވާނެ ކަމަށް މެރިން އިކުއިޕްމަންޓްއިން ހާމަކޮށްފިއެވެ.
މެރިން އެކްސްޕޯ އޮންނާނީ ކުރިއަށް އޮތް ތިން ދުވަހު، ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ. އެކްސްޕޯ ކުރިއަށް ދާނީ ހަވީރު 4:00އިން 10:00ގެ ނިޔަލަށެވެ.
މި އެކްސްޕޯގައި މެރިން އިކުއިޕްމަންޓްގެ ސްޓޯލް ނަންބަރަކީ ބީ10އެވެ.
މެރިން އެކްސްޕޯގައި މެރިން އިކުއިޕްމަންޓްސްއިން ވިއްކާ ތަކެތީގެ މައުލޫމާތު ދެވޭނެއެވެ. އޭގެ ތެރޭގައި ވިކްޓްރޮން ބްރޭންޑް، ސިކަފްލެކްސް، ސީލައިން، ސީފްލޯ އަދި ރޭމެރިން ހިމެނެއެވެ.

މީގެ އިތުރުން މެރިން އެކްސްޕޯގައި، ހާއްސަ ކަމެއްގެ ގޮތުގައި، އެ ކުންފުނީގެ ވިޔަފާރި ފުޅާ ކުރުމުގެ ގޮތުން، ހުޅުމާލޭގައި އަލަށް ހުޅުވަން ތައްޔާރުވެފައިވާ މެރިން ޝޯރޫމް ތައާރަފް ކުރުމާއި، ކ. ހިންމަފުށީގައި، 220 ޓަނުގެ ބަރުދަނަށް އުފުލޭ ހޮއިސްޓް އަކާއެކު ބޯޓުޔާޑު ހުޅުވިފައިވާކަން ތައާރަފް ކުރެވިގެންދާނެއެވެ.

މެރިން އިކުއިޕްމަންޓްސްއިން 2006 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި މެރިން އެކްސެސަރީޒްގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ކުރަމުންދެއެވެ.