މަސްވެރިކަމާއި ގުޅޭ

.އައްޑޫ މަތިން ނަގާފައިވާ ފޮޓޯއެއް 
ފޮޓޯ: އީ.ޕީ.އޭ
.އައްޑޫ މަތިން ނަގާފައިވާ ފޮޓޯއެއް ފޮޓޯ: އީ.ޕީ.އޭ

އައްޑޫގެ އުތުރުން 13 މޭލު ބޭރުން ކަނޑަށް ވެއްޓުނު މަސްވެރިއަކު ފަތާފައި ފުވައްމުލަކަށް އަރައިފި

އައްޑޫ ސިޓީގެ އުތުރުން 13 މޭލު ބޭރުން ކަނޑަށް ވެއްޓުނު މަސްވެރިއަކު ފަތާފައި ފުވައްމުލަކަށް އަރައިފިއެވެ.

އިއްޔެ ހިނގައިދިޔަ މި ހާދިސާއާ ގުޅިގެން އައްޑޫ މޭޔަރު އަލީ ނިޒާރު ފޭސްބުކްގައި ކޮށްފައިވާ ޕޯސްޓެއްގައި ވަނީ، ސ. ހިތަދޫ ކެޔޮޅުގޭ އަލީ މަނިކުފާނު މަހަށް ދިޔަ ލޯންޗުން ކަނޑަށް ވެއްޓުނީ ކަމަށާއި އެއަށްފަހު އޭނާ ފަތާފައި ފުވައްމުލަކު ސިޓީއަށް އަރާފައިވާ ކަމަށެވެ.

"އަހުމަދު އަމަން އަލީ މެދުވެރިކޮށް، އަޅުގަނޑު އަލީ މަނިކުފާނަށް ގުޅައި ހާލު ބަލައިފިން. ﷲ އިރާދަފުޅާއެކު އަލީ މަނިކުފާނުގެ ހާލު ރަނގަޅު،" ނިޒާރުު ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން ނިޒާރު ވިދާޅުވީ، މި ހާދިސާއާ ގުޅިގެން، ފުވައްމުލަކު ސިޓީގެ މޭޔަރު އިސްމާއީލް ރަފީގަށް ގުޅުއްވައި، އަލީ މަނިކުފާނުގެ ހާލު ބަލައި އެހީތެރިވުމަށް ދަންނަވާފައި ވާނެ ކަމަށެވެ. އަދި އަލީ މަނިކުފާނު ދަތުރުކުރި ލޯންޗް ހޯދުމަށް އެމްއެންޑީއެފް ސަދަން އޭރިއާގެ އެހީތެރިކަމަށް އެދިފައިވާނެ ކަމަށް ނިޒާރު ވިދާޅިވިއެވެ.

"ލޯންޗްގެ މައުލޫމާތު ވާނީ އެމްއެންޑީއެފް އާ ހިއްސާ ކުރެވިފައި،" ނިޒާރު ލިޔުއްވާފައިވެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!