ދ. ބަނޑިދޫގައި އައިސްޕްލާންޓަކާއި ތެޔޮ ޝެޑެއް ގާއިމްކޮށް ހިންގައިދިނުމަށް ޝައުޤުވެރިވާ ފަރާތެއް ހޯދުމަށް ދ އަތޮޅު ކައުންސިލުން އިއުލާންކޮށްފިއެވެ.
އެ ކައުންސިލުންކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ދ. ބަނޑިދޫ ކައުންސިލްގެ ފަރާތުން މަސްވެރިންގެ ބޭނުމަށް، ދ. ބަނޑިދޫގައި އައިސްޕްލާންޓަކާއި، ތެޔޮ ޝެޑެއް ގާއިމްކޮށް ހިންގައިދޭނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށެވެ. މިކަމާގުޅޭގޮތުން އިތުރުމަޢުލޫމާތު ހޯދުމަށް ދ. އަތޮޅު ކައުންސިލްގެ އިދާރާގެ ސެކްރެޓަރީ ޖެނެރަލް އަބްދުއްރައްޝީދު ޢަބްދުއްރައްޒާޤް ( 9978171) ގުޅުމަށްވެސް ވަނީ އެދިފައެވެ.
ދ. ބަނޑިދޫގައި އައިސްޕްލާންޓަކާއި ތެޔޮ ޝެޑެއް ގާއިމްކޮށް ހިންގައިދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން މިކަމަށް ހާއްސަ މައުލޫމާތު ފޯމު ފުރިހަމަ ކުރުމަށްފަހު، މިމަހުގެ 25ވަނަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން އެއިދާރާގެ އީމެއިލް info@dhaal.gov.mv އަށް ފޮނުއްވުމަށްވެސް ކައުންސިލުން އެދެއެވެ.