މަސްވެރިކަމާއި ގުޅޭ

އިސްރާއިލްގެ ސިފައިންގެ ކަނޑުގެ އުޅަނދެއް، ފޮޓޯ- ވަފާ
އިސްރާއިލްގެ ސިފައިންގެ ކަނޑުގެ އުޅަނދެއް، ފޮޓޯ- ވަފާ

އިސްރާއިލް ސިފައިންގެ އުނދަގޫ ފަލަސްތީންގެ މަސްވެރިންނަށް

މަހަށްދިޔުމަށް ފުރަން އުޅުނު ފަލަސްތީނުގެ މަސްވެރިންތަކަށް އިސްރާއިލްގެ ސިފައިން ޖެއްސުންކޮށް، މަހަށް ފުރުމަށް ހުރަސް އަޅައިފިއެވެ.

ޙަބަރުތައް ބުނާގޮތުގައި ދެކުނު ޢައްޒާގެ ބަނދަރަކުން މަހަށް ފުރި މަސް ދޯންޏަކަށް، އިސްރާއިލް ސިފައިންވަނީ ބާރު ސްޕީޑުގައި ފެން ބުރުވައި، އަބުރާ ބަނދަރަށްދިޔުމަށްވަނީ މަޖުބޫރުކުރުވާފައެވެ. އެގޮތުން އޭރު ފަލަސްތީނުގެ މަސް ދޯނި އޮތީ ބަނދަރާއި 6 ނޯޓިކަލް ބޭރު ދުރުގައެވެ.

ފަލަސްތީނުގެ މަސްވެރިންނަށް އަބަދުވެސް އިސްރާއިލް ސިފައިންގެ އުނދަގޫތައް ޖެހެއެވެ. އެގޮތުން ބައެއް ފަހަރު ބަޑީގެ ހަމަތާވެސް ކަނޑުމަތިން އަމާޒުވެފައި އެބަހުއްޓެވެ. އަދި މަސްވެރިން ހައްޔަރުކުރުމަކީވެސް އާއްމު ކަމެކެވެ.

އަދި ބަޑިން ހަމަލާދިނުމުގެ ހާދިސާތަކުގައި ފަލަސްތީނުގެ މަސްވެރިންނަށް އަނިޔާތައް ލިބިފައި އެބަހުއްޓެވެ. އަދި ބައެއްް ހާދިސާތަކުގައި މަސްވެރިން މަރުވެފައިވެސް އެބަހުއްޓެވެ.

މަސްވެރިންނަށް ހަމަލާދިނުމުގެ އިތުރަށް އިޒްރާއިލުންދަނީ ފަލަސްތީނުގެ މަސްވެރިންނަށް މަސްވެރިކަން ކުރެވޭނެ ސަރަހައްދުވެސް ކުޑަކުރަމުންނެވެ. މިފަދަ ދަތިކުރުންތަކުގެ ސަަބަބުން ޢައްޒާގެ 3700 އެއްހާ މަސްވެރިންނަށް އާމްދަނީ ހޯދުމަށްވަނީ ހުރަސް އެޅިފައެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!