މަސްވެރިކަމާއި ގުޅޭ

މަސްވެރިއެއްގެ ލޮލަށް ބުޅިއެއް ހެރުން، ފޮޓޯ- އެމްއެންޑީއެފް
މަސްވެރިއެއްގެ ލޮލަށް ބުޅިއެއް ހެރުން، ފޮޓޯ- އެމްއެންޑީއެފް

މަސްވެރިއެއްގެ ލޮލަށް ބުޅިއެއް ހެރިގެން، އެމްއެންޑީއެފްއިން އެހީތެރިކަން ފޯރުކޮށްދީފި

“ދޫރެސް" ދޯނީގެ މަސްވެރިއެއްގެ ލޮލަށް ބުޅިއެއް ހެރިގެން އެމްއެންޑީއެފްއިން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

އެމްއެންޑީއެފުން މައުލޫމާތު ދިންގޮތުގައި، މި ހާދިސާ ހިނގާފައިވަނީ މ.ރަތްމެންދޫގެ 7 ނޯޓިކަލް މޭލު އުތުރުން ދޫރެސް ދޯނި މަސްވެރިކަމަށް ނުކުމެ އުޅުނު ވަގުތުގައެވެ. އަދި ބުޅި ހެރިފައިވަނީ އެދޯނީގެ 42 އަހަރުގެ މަސްވެރިއެއްގެ ލޮލަށް ކަމަށާއި އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑު ތާޑު ސްކޮޑްރަންއިން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ. 

މި ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑު ތާޑު ސްކޮޑްރަންއަށް މިއަދު 15:22 ހާއިރު ލިބުމާއެކު، އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑު ތާޑު ސްކޮޑްރަންގެ ސީ އެމްބިއުލާންސް ވަނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ދޯނި އޮތް ސަރަހައްދަށް ދަތުރުކޮށްފައި ކަމަށްވެސް އެމްއެންޑީއެފުން ހާމަކުރެއެވެ.

އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑު ތާޑު ސްކޮޑްރަންގެ ސީ އެމްބިއުލާންސްގައި އަނިޔާ ލިބުނު މީހާ މ.މުއްޔަށް ގެންދެވިފައިވަނީ މިއަދު 16:20 ހާއިރުއެވެ.

މަސްވެރިންގެ ލޮލަށް ބުޅި ހެރުމަކީ މަދުން ނަމަވެސް ދިމާވަމުން އަންނަ ވަރަށް ހިތާވެވެރި ހާދިސާއެކެވެ. ލޮލަށް ބުޅި ހެރުމުގެ ސަބަބުން އެ ލޮލުގެ ފެނުން ދާއިމަށް ގެއްލިފަވެސް އެބަހުއްޓެވެ. މިފަދަ ހާދިސާތަކުން ސަލާމަތްވުމަށް މަސް ބާނަން ދޮށި އަޅާއިރު ރައްކާތެރިކަމުގެ ފިޔަވަޅު އެޅުން މުހިންމެވެ. މިފަދަ ހާދިސާތަކުން ރައްކާތެރިވުމަށް އައިނާއި ހެލްމެޓް ފަދަ ތަކެތި ބޭނުންކުރުމަކީ ކުރެވިދާނެ ކަމެއް ކަމެކެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!