މަސްކައްކާ ހިއްކުމުގެ މަސައްކަތަށް ހއ. ދިއްދޫއިން ބިމެއް ދޫކުރުމަށް އިޢުލާންކޮށްފިއެވެ.
ދިއްދޫ ކައުންސިލުން ކުރި އިޢުލާނެއްގައި ބުނެފައިވަނީ އެރަށުގައި މަސް ކައްކާ ހިއްކުމުގެ މަސައްކަތް ކުރުމަށް ވަގުތީ ގޮތުން ދޫކޮށްފައިވާ ބިންތަކުގެ ތެރެއިން ބިމެއް، ވަގުތީ ގޮތުން އެއް އަހަރުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށް ނިންމާފައިވާ ކަމަށެވެ.
އެގޮތުން 1600 އަކަފޫޓުގެ ބިން ކުއްޔަށްހިފަން ޝަޢުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ. ބީލަން ހުށައަޅާއިރު، އެންމެ ކުޑަ އަގެއްގެ ގޮތުގައި ހުށަހެޅޭނީ ބިމުގެ އަކަފޫޓަކަށް މަހަކު 80/- (އަށްޑިހަ ލާރި) ކަމަށާއި، ބިން ކުއްޔަށް ދެވޭނީ، ހުށަހެޅޭ ބީލަންތައް އިވެލުއޭޓް ކުރުމަށްފަހު އެންމެ މަތީ އަގު ހުށަހަޅާ ފަރާތްތަކަށް ކަމަށް ދިއްދޫ ކައުންސިލުން ހާމަކުރެއެވެ.

ބީލަން ހުށަހެޅުމަށް ރަޖިސްޓަރީ ކުރުން، މިހާރުން ފެށިގެން އަންނަ އަންގާރަ ދުވަހުގެ ނިޔަލަށް ހުޅުވިފައި ވާނެއެވެ. ބީީލަން ހުށަހަޅާނީ ރަސްމީ ދުވަސްތަކުގައި ހެނދުނު 9:00 އިން މެންދުރު ފަހު 13:00 އަށް ދިއްދޫ ކައުންސިލްގެ ރިސެޕްޝަނަށް ފޯމް ހުށަހަޅައިގެން ނުވަތަ info@hadhidhoo.gov.mv އަށް ބީލަން ހުށަހެޅުމަށް ރަޖިސްޓަރީވުމަށް އެދޭ ފޯމް މެއިލް ކޮށްގެންނެވެ.
ބީލަން ހުށަހެޅުމަށް ބާއްވާ ބައްދަލުވުން، އޮންނާނީ މި މަހުގެ 30 ވާ އަންގާރަ ދުވަހުގެ 10:00 ގައި ހއ. ދިއްދޫ ކައުންސިލްގެ ޖަލްސާކުރާ މާލަމުގައި ކަމަށް ދިއްދޫ ކައުންސިލްގެ އިއުލާނުގައި ވެއެވެ.