އޮޔާދާ މަސްދޯންޏެއްގެ ބައެއް-- ފޮޓޯ/ އެމްއެންޑީއެފް
އޮޔާދާ މަސްދޯންޏެއްގެ ބައެއް-- ފޮޓޯ/ އެމްއެންޑީއެފް

މަސް ދޯންޏެއްގެ ބައެއް އޮޔާދާތީ، ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އިލްތިމާސް ކޮށްފި

މަސް ދޯންޏެއްގެ ބައެއް އޮޔާދާތީ ދަތުރުކުރާ ފަރާތްތަކުން އެކަމަށް ސަމާލުވުމަށް އެމްއެންޑީއެފް އިން އިލްތިމާސް ކޮށްފިއެވެ.

އެމްއެންޑީއެފް އިން މައުލޫމާތު ދިން ގޮތުގައި، މަސް ދޯނީގެ ބައެއް އޮޔާ ދަނީ ގދ. ތިނަދޫ ބޭރުންނެވެ. އެހެންކަމުން އެ ސަރަހައްދުން ދަތުރުކުރާ އެންމެހާ ފަރާތްތަކުން އެކަމަށް ސަމާލުވުމަށް އެމްއެންޑީއެފް އިން ވަނީ އަންގާފައެވެ.

"މަސްދޯންޏެއްގެ ބައެއް އޮޔާދާކަމުގެ މަޢުލޫމާތު ލިބިފައި ވަނީ ގދ. ތިނަދޫއާ ދިމާ ބޭރުން ހުޅަނގަށް. އެހެން ކަމުން އެ ސަރަޙައްދުން ދަތުރު ކުރައްވާ ފަރާތްތަކުން މިކަމަށް ސަމާލުކަން ދެއްވުމަށާއި އަދި ރޭގަނޑު ދަތުރުކުރައްވާ ފަރާތްތަކުން މިސަރަހައްދުން ދަތުރު ކުރެއްވުމުގައި ޚާއްޞަ ސަމާލުކަމެއްދެއްވުމަށް ވެސް ދަންނަވަން،" އެމްއެންޑީއެފް އިން މައުލޫމާތުދިނެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!