ޗައިނާގެ މަސްބޯޓުތައް މަހަށް ފުރުން، ފޮޓޯ- ޗައިނާ ޑެއިލީ
ޗައިނާގެ މަސްބޯޓުތައް މަހަށް ފުރުން، ފޮޓޯ- ޗައިނާ ޑެއިލީ

ޗައިނާގެ މަސްވެރިކަމުގެ ސީސަން ފެށުމާއި އެކު، ގިނަ ބަޔަކު މަސްވެރިކަމަށް

އިރުމަތީ ޗައިނާގެ ކަނޑުގެ ސަރަޙައްދުތަކުން މަސްވެރިކަން ކުރުން މަނާކޮށްފައި އޮތް އޮތުން ނިމުމަކަށް އައުމާއި އެކު ޗައިނާގެ ގިނަ އަދަދެއްގެ މަސް ބޯޓުތައް މަސްވެރިކަމަށް ނިކުމެއްޖެއެވެ.

ކޮންމެ އަހަރެއްގެ މެދުތެރޭގައި ޗައިނާގެ އިރުމަތީ ކަނޑުގެ ސަަރަހައްދުން މަސްވެރިކަން ކުރުން މަނާކުރެއެވެ. މިއަހަރަށް ކަނޑައެޅި މުއްދަތުވަނީ މިމަހުގެ 16ވަނަ ދުވަހަށް ހަމަވެފައެވެ. އެ ސަރަޙައްދުގެ ކަނޑުތަކުގައި ޗައިނާގެ މަސް ބޯޓުތަކަށް މަސްވެރިކަން ކުރުމުގެ ހުއްދަ ޗައިނާ ސަރުކާރުން ދީފައިވީނަމަވެސް އެ ސަރަޙައްދުގައި އޮންނަ ޗަޕާނުގެ ރަށެއް ކަމުގައިވާ ސެންކާކޫ އައިލެންޑާއި ކައިރި ހިސާބުތަކުން މަސްވެރިކަން ނުކުރުމަށްވަނީ އިލްތިމާސްކޮށްފައެވެ.

ޗައިނާގެ މަސް ބޯޓުތައް މަހަށް ފުރުން، ފޮޓޯ- ޗައިނާ ޑެއިލީ

ޗައިނާގެ ސަރުކާރުންވަނީ މަހަށް ނިކުންނަ މަސް ބޯޓުތަށް ބޭރުގެ އުޅަނދުތަކާއި ގުޅުން ނުބޭއްވުމަށްވެސް އަނގާފައެވެ. ސަބަބަކީ އެފަދަ ކަމަކުންވެސް ކޯވިޑުގެ ބަލިމަޑުކަން ފެތުރިދާނެތީއެވެ.

ޗައިނާގެ އައްސޭރިފަށުގައި ދިރިއުޅޭ ގިނަ މީހުންނަކީ މަސްވެރިކަމަށް ބަރޯސާވާ މީހުންނެވެ. ޗައިނާ އަކީ އޮވާ ސީ ފިޝިންގ، ނުވަތަ ދުނިޔޭގެ އެކި ހިސާބުތަކުގައިވެސް މަސްވެރިކަން ކުރުމުގެ ވިޔަފާރީގައި ހަރަކާތްތެރިވާ ޤައުމެކެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!