ޗައިނާގެ ޝިއާމެން ސިޓީގައި ކޯވިޑުގެ އައުޓްބްރޭކެއް އައުމާއި އެކު 1000އަށްވުރެ ގިނަ މީހުންނާއި، ކަނޑުމަސް ކޯވިޑަށް ޓެސްޓުކުރުމަށް އަނގައިފިއެވެ.
ޝިއާމެން ސިޓީއިން މިހާތަނަށްވަނީ 40 މީހުން ކޯވިޑަށް ޕޮޒިޓިވްވެފައެވެ. މިއާއެކު އެ ސިޓީގެ ސަލާމަތީ ފިޔަވަރުތައް ވަނީ ވަރުގަދަ ކޮށްފައެވެ. އެގޮތުން އަޅާ ފިޔަވަޅުތަކުގެ ދަށުން ގިނަ އަދަދެއްގެ މީހުނާއި މަސްމަހާމެހިވެސް ކޯވިޑަށް ޓެސްޓުކުރުމަށް ސަރުކާރުންވަނީ ނިންމާފައެވެ.
އެގޮތުން މަހުން އަންނަ މަސްވެރިންނާއި އެމީހުން ގެންނަ މަސްތައްވެސް ކޯވިޑަށް ޓެސްޓުކުރުމަށްވަނީ އަންގާފައެވެ. މަސްތައްވެސް ކޯވިޑަށް ޓެސްޓުކުރަނީ ޕީސީއާރު ޓެސްޓު ހަދައިގެންނެވެ. އަދި ސޯޝަލް މީޑިއާގައި މަސްތައް ކޯވިޑަށް ޓެސްޓުކުރާ ވީޑިއޯތައް ވަނީ އާއްމުވެފައެވެ.
މަސްމަހާމެއްސާ ޖަނަވާރު ޕީސީއާރު ޓެސްޓު ހެދުމަކީ އާ ކަމެއް ނޫނެވެ. ކޯވިޑުގެ އައުޓްބްރޭކާއި އެކު ޗައިނާގެ އެކި ސަރަހައްދުތަކުގައި އަދި ދުނިިޔޭގެވެސް ބައެއް ހިސާބުތަކުގައި ޕީސީއާރު ޓެސްޓު ހަދައިގެން މަސްތަކާއި ޖަނަވާރުތައް ވަނީ ކޯވިޑަށް ޓެސްޓުކޮށްފައެވެ.