މާވަހަރެއްް، ފައިލް ފޮޓޯ-ސިއޭސެޓު
މާވަހަރެއްް، ފައިލް ފޮޓޯ-ސިއޭސެޓު

ގަވާއިދާ ހިލާފަށް މާވަހަރެއް ގެންގުޅުނު ބަޔަކު އިންޑިއާގައި ހައްޔަރުކޮށްފި  

ގަވާއިދާ ހިލާފަށް މާވަހަރެއް ގެންގުޅުނު ބަޔަކު އިންޑިއާގެ މަހަރާޝްތްރާ ސްޓޭޓުން ހައްޔަރުކޮށްފިއެވެ.

މާވަހަރަކީ ދުނިޔޭގެ ބާޒާރުގައި އަގު ހުރި އެއްޗެކެވެ. އެހެން ނަމަވެސް އިންޑިއާގައި މާވަހަރުގެ ވިޔަފާރި ކުރުމަކީ މަނާ ކަމެކެވެ. ސަބަބަކީ ސްޕާމް ވޭލް އަކީ އެޤައުމުގައި ހިމާޔަތްކޮށްފައިވާ އެއްޗަކަށްވުމެވެ. މާވަހަރެއް ފެނިއްޖެ ނަމަ ކަމާއިގުޅޭ ފަރާތްތަކަށް އެކަން ރިޕޯޓުކޮށް، މާވަހަރު އެފަރާތްތަކާއި ހަވާލުކުރަން ޖެހެއެވެ.

އެހެން ނަމަވެސް މަހަރާޝްތްރާގެ ތޭން ޑިސްޓްރިކްޓުން ހައްޔަރުކޮށްފައިވަނީ ވަގަށް މާވަހެއް ގެންގުނު ބަޔެކެެވެ. އެމީހުން ވަނީ އެ މާވަހަރު ވިއްކާލުމަށްވެސް މަސައްކަތްކޮށްފައެވެ.

ހަބަރުތައް ބުނާގޮތުން އެމީހުން އަތުން ފެނިފައިވަނީ 0.750 ގްރާމްގެ މާވަރެކެވެ. މީގެ އަގު 1.6 ކުރޯޑު ނުވަތަ ގާތްގަނޑަކަށް 2 ލައްކަ ޑޮލަރަށް އަރައެވެ. އެމީހުން ހައްޔަރުކޮށްފައިވަނީ އާއްމު މީހެއް ކުރި ރިޕޯޓަކާއި ގުޅިގެންނެވެ.

މާވަހަރު އާއްމުގޮތެއްގައި ބޭނުންކޮށް އުޅެނީ ސެންޓު އުފެއްދުމަށެވެ. އަދި މިއީ މޫދުން ފެންނަ ރަނުގެ ގޮތުގައިވެސްް ގިނަ ބަޔަކު ދެކެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!