ވޭމަންޑޫއަށް ލައްގާފައިވާ ބޯޓު، ފޮޓޯ- ވޭމަންޑު ކައުންސިލް
ވޭމަންޑޫއަށް ލައްގާފައިވާ ބޯޓު، ފޮޓޯ- ވޭމަންޑު ކައުންސިލް

ވޭމަންޑޫ ހުޅަނގު ފަރާތު ގޮނޑުދޮށަށް ލައްގާފައި އޮތް ބޯޓެއްގެ ވެރިފަރާތެއް ހޯދަނީ

ތ. ވޭމަންޑޫ ހުޅަނގު ފަރާތު ގޮނޑުދޮށަށް ލައްގާފައި އޮތް ބޯޓެއްގެ ވެރިފަރާތެއް ހޯދުމަށް އެރަށު ކައުންސިލުން އިއުލާނު ކޮށްފިއެވެ.

ވޭމަންޑޫ ކައުންސިލް އިދާރާއިން ކޮށްފައިވާ އިޢުލާނެއްގައި ބުނެފައިވަނީ، ވޭމަންޑޫ އިޙްތިޞާސްގެ ތެރޭގައި ހިމެނޭ ހުޅަނގުފަރާތު ފަޅުގައި އަޅާފައިވާ ފައިބަރު ބޯޓެއް ވާ ކަނޑައިގެން ގޮސް އެރަށު ހުޅަނގު ފަރާތު ގޮނޑުދޮށަ ލައްގާފައިވާ ކަމަށާއި މި ބޯޓުގެ  ވެރިފަރާތް ހޯދުމަށް ބޭނުންވާ ކަަމަށެވެ.

އެގޮތުން މިބޯޓުގެ ވެރިފަރާތެއް ވާނަމަ، މިއަދުން ފެށިގެން 30 ދުވަހުގެ ތެރޭގައި އެކަން ލިޔުމަކުން ވޭމަންޑޫ ކައުންސިލް އިދާރާއަށް އެންގުމަށްވެސް ވަނީ އެދިފައެވެ.

އެ ބޯޓު އެތަނުގައި އެގޮތަށް އޮވެއްޖެނަމަ އެސަރަޙައްދުގެ ތިމާވެއްޓަށާއި އަދި ރަށުގެ ގޮނޑުދޮށަށް ބޮޑެތި ގެއްލުންތަކެއް ވެދާނެކަމަށް ކައުންސިލުން ދެކެއެވެ. އަދި އެ ސަރަހައްދަކީ ރަށުގެ އޮޑި ދޯނިފަހަރު އެހެލުމާއި އަދި އޮޑިއެއް ބަނުމުގެ މަސައްކަތް ކުރާ ސަރަޙައްދެއްކަމުން، މި ބޯޓު އެސަރަޙައްދަށް ލައްގާފައި އޮތުމުގެ ސަބަބުން، އެ ސަރަޙައްދުގައި މަސައްކަތް ކުރާ ފަރާތްތަކަށް ވަރަށް ދަތި އުނދަގޫތަކެއް ވެގެންދާނެކަމަށް ވެސް ކައުންސިލުން ދެކެއެވެ.

ވޭމަންޑޫ ކައުންސިލުން ބުނީ، ދީފައިވާ މުއްދަތުގެތެރޭ ބޯޓުގެ ވެރިފަރާތެއް ވާކަން އެ އިދާރާއަށް ނާންގަވައިފިނަމަ ވެރިފަރާތެއް ނެތް އުޅަނދެއް ކަމަށް ބަލައި، ޢާންމު ތަންތަނަށާއި މަގުމައްޗަށާއި ފަޅުތެރެއަށް ދޫކޮށްލާފައިވާ ތަކެތި ނެގުމާބެހޭ ޤަވާއިދުގެ ދަށުން އަމަލު ކުރާނެ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!