މިޔަރަކަށް އަނިޔާކުރި ބައެއްގެ ވީޑިއޯ އާއްމުވުން
މިޔަރަކަށް އަނިޔާކުރި ބައެއްގެ ވީޑިއޯ އާއްމުވުން

ފްލޮރިޑާގެ ބީޗެއްގައި މިޔަރަކަށް އަނިޔާ ކުރާ ވީޑިއޯއެއް، ގިނަ ބައެއްގެ ނުރުހުން

އެމެރިކާގެ ފްލޮރިޑާގެ ބީޗެއްގައި މިޔަރަކަށް އަނިޔާ ކުރާ ވީޑިއޯއެއް އާއްމުވެއްޖެއެވެ.

އެމެރިކާގައި މިޔަރު މެރުމަކީ މަނާކަމެއް ނޫނެވެ. އިންސްޓަގްރާމްގައި އާއްމުކޮށްފައިވާ ވީޑިއޯއެއްގައި ފެންނަނީ ބީޗެއްގައި ބަޔަކު، ދިރިދިރިއޮތް މިޔަރެއް ދަމާފައި ގެންދާތަނެވެ. މި މަންޒަރު ރެކޯޑު ކުރި މީހާ ދިޔައީ އެމީހުން ކައިރީ އެހެން ނެހެދުމަށް އާދޭސް ކުރަމުންނެވެ.

އެތަނުން އެކަކު ވަޅި އެއް ނަގާ، މިޔަރަށް ހަމަލަދެއެވެ. ގެ ބަލަށް ހަރައެވެ. ވީޑިއޯ ކުރި މީހާ މިޔަރަށް އެހެން ނެހެދުމަށް ކިޔަން ފެށުމުން، އެމީހުން ބުނެފައިވަނީ ގަވާއިދާ ހިލާފު އެއްވެސް ކަމެއް ނުކުރާ ކަމަށާއި، އެމީހުން އެ މަސް ބޭނީ ކެއުމަށް ބޭނުން ކުރުމަށް ކަމަށެވެ.

 

 

View this post on Instagram

 

A post shared by Louis Aguirre (@louisaguirre)

;

ގިނަ އަދަދެއްގެ ބަޔަކު މި ވީޑިއޯއަށް ކޮމެންޓުކޮށްފައިވާއިރު، މީހުންދަނީ މިކަން ބެލުމަށް ކަމާއި ގުޅޭ އިދާރާތަކަށް ގޮވަމުންނެވެ. އެހެން ނަމަވެސް ފްލޮރިޑާގައި މިއީ މަނާ ކަމަކަށް ނުވުމުން އެމީހުންނާއި މެދު އެއްވެސް ފިޔަވަޅެއް އަޅާނެ ކަމަކަށް ނުބެލެވެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!