މިޔަރެއްގެ އަނގަމަތީގައި ޕްލާސްޓިކް ތަށްޓެއްް ތާށިވެފައި،
މިޔަރެއްގެ އަނގަމަތީގައި ޕްލާސްޓިކް ތަށްޓެއްް ތާށިވެފައި،

މަރުވެފައި އޮތް ކުޑަ މިޔަރެއްގެ އަނގައިގައި ޕްލާސްޓިކް ތައްޓެއް ތާށިވެފައި

ޕްލާސްޓިކްގެ ސަބަބުން ކަނޑުގެ ދިރުންތަކަށް ކުރާ އަސަރުގެ ވާހަކައަކީ އާ ވާހަކައެއް ނޫނެވެ. އެގޮތުން ދާދިފަހުންވެސް މިވަނީ މިފަދަ ހާދިސާއެއްގެ ފޮޓޯ ސޯޝަލް މީޑިއާގައި އާއްމުވެފައެވެ.

މިފަހަރު ޕްލާސްޓިކްގެ ޝިކާރައަކަށްވީ ކުޑަ މިޔަރެކެވެ. ސިންގަޕޫރުގެ ޕަލަވަން ބީޗަށް ލެއްގި ކުޑަ މިޔަރުގެ އަނގައިގައި ތާށިވެފައި ވަނީ ޕްލާސްޓިކް ފެންބޯ ތައްޓެކެވެ.

މިޔަރެއް މަރުވެގެން ބީޗަށް ލެއްގި ކަމުގެ މައުލޫމާތު ލިބުމާއި އެކު، ސެންތޯސާ ޑިވެލޮޕްމަންޓު ކޯރޕަރޭޝަންގެ އެންވަޔަރަމެންޓު މެނޭޖްމަންޓު ޓީމުގެ ޑެޕިއުޓީ މެނޭޖަރ، ޓެމީ ލިމް ވަނީ ސީންއަށް އެޓެންޑުވެފައެވެ. އަދި މިޔަރުގެ ގިނަ ފޮޓޯތަކެއް އޭނާވަނީ ފޭސްބުކްގައި ހިއްސާކޮށްފައެވެ.

މަރުވެގެން ލައްގާފައިވަނީ ބްލެކްޓިޕް ރީފް ޝާކެކެވެ. އަދި މިޔަރު ލައްގާފައިވަނީ ދިޔަވަރު ހިކުނު ގަޑީގައި ކަމަށް ބެލެއެވެ. މިޔަރު މަރުވި ސަބަބެއް ދެނެގަނެވިފައި ނުވި ނަމަވެސް އަނގަމަތީގައި ތާށިވެފައިން ޕްލާސްޓިކް ތަށީގެ ސަބަބުން، މަސް ޝިކާރަކުރުމާއި ކެއުމުގައި ދަތިތައް ކުރިމަތިވާނެއެވެ.

މިޔަރުގެ އަނގަމަތީގައި އެޅިފައި އިން ޕްލާސްޓިކް ތަށި ނައްޓާ ބެލި ބެލުމުން، އެ ތަށި މޫނު މަތީގައި ތާށިވެފައި އިންނަތާ ގިނަ ދުވަސްތަކެއް ވެފައިވާނެ ކަމަަށްބެލޭކަމަށް ލިމް ވަނީ ބުނެފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!