މަސްވެރިކަމާއި ގުޅޭ

3998

ޒުވާން މަސްވެރިއެއްގެ ހާލު ދެރަވެގެން އެމްއެންޑީއެފްއިން އެހީތެރިކަން ފޯރުކޮށްދީފި

ޒުވާން މަސްވެރިއެއްގެ ހާލު ދެރަވެގެން އެމްއެންޑީއެފްއިން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

އެމްއެންޑީއެފް އިން ބުނީ، މ.ތުވަރު ކައިރީގައި އެން ހިފައިގެން އޮތް "ރެނައިސް" ނަމަކަށްކިޔާ މަސް ދޯންޏެއްގައި ހުރި މަސްވެރިއެއްގެ ހާލު ދެރަވެގެން އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑްގެ ކޯސްޓްގާޑު ތާޑު ސްކޮޑްރަންއިން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.

މިއީ އުމުރުން 26 އަހަރުގެ ަމސްވެރިއެކެވެ.

މި ހާދިސާގެ ރިޕޯޓް އެމްއެންޑީއެފްއަށް ލިބުނީ ރޭ ދަންވަރު 02:20 ހާއިރު ކަމަށާއި، ރިޕޯޓް ލިބުމާއެކު އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑްގެ ތާޑު ސްކޮޑްރަންއިން ހާބަރ ކްރާފްޓްގައި އެ ސަރަހައްދަށް ދިޔަ ކަމަށް އެމްއެންޑީއެފްއިން މައުލޫމާތު ދެއެވެ.

ހާލު ދެވަރި މަސްވެރިޔާ، ރޭ ފަތިހު 3:34 ހާއިރު ވަނީ  މ. މުއްޔަަށް ގެންގޮސްދީފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!