ވިއްސާރަ ދުވަހެއްގެ ކަނޑުމަތި -- ފޮޓޯ/ ދަ ޕްރެސް
ވިއްސާރަ ދުވަހެއްގެ ކަނޑުމަތި -- ފޮޓޯ/ ދަ ޕްރެސް

މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް، މިރެއާ ހަމަޔަށް ވައިޓް އެލަޓް ދަމަހައްޓައިފި

ރާއްޖެއަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް، މެޓް އޮފީހުން ކުރިން ނެރެފައިވާ އެލަރޓް މިރެއާ ހަމަޔަށް ދަމަހައްޓައިފިއެވެ.

ވައިޓް އެލަރޓް ނެރެފައި ވަނީ ހއ އަތޮޅުން ފެށިގެން ލ އަތޮޅާ ދެމެދަށެވެ.

މެޓް އޮފީހުން މީގެ އިރުކޮޅެއް ކުރިން ނެރުނު ހުދު ސަމާލުގައި ބުނެފައި ވަނީ، ސަމާލު ނެރެފައިވާ ސަރަހައްދަށް ބޯކޮށް ވާރޭ ވެހުމާއެކު ގުގުރުން އެކަށީގެންވާ ކަމަށާއި ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. މީގެ އިތުރުން ވިލާގަނޑުގައި ގަޑިއަކު 24 މޭލަށް ވައި ގަދަވެ، ކަނޑުތައް ވެސް ގަދަވާނެ ކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ.

މީގެ އިތުރުން މެޓް އޮފީހުން ބުނެފައިވާ ގޮތުގައި، މިއަދު ހެނދުނު އިންޑޮނޭޝިއާގެ ސުމަތުއާއަށް އައި ބިންހެލުމުގެ އިހުސާސް ރާއްޖެއަށް ކުރެވުނު ކަމަށާއި މި ބިންހެލުމުން ސުނާމީއެއް އުފެދޭނެކަމަށް ނުބެލެވޭ ކަމަށެވެ.

މި ބިންހެލުން އަހިސްފައި ވަނީ މާލެއާ 2854 ކިލޯމީޓަރު ދުރުން ކަމަށް މެޓުން ބުނެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!