ބޯބޮޑު ވެލައެއް،
ބޯބޮޑު ވެލައެއް،

ތުރުކީގައި މޫދަށް ގޮސް އުޅުނު އުމުރުން ދުވަސްވީ މީހަކަށް ބޯބޮޑު ވެލައެއް ހަމަލާދީފި

ތުރުކީގައި މޫދަށް ގޮސް އުޅުނު، އުމުރުން ދުވަސްވީ މީހަކަށް ބޯބޮޑު ވެލައެއް ހަމަލާދީފިއެވެ. ވެލާވަނީ އެމީހާގެ ގައިގައި ދަތް އަޅައި މޫދުގެ ފުނަށް ގެންދިޔުމަށް މަސައްކަތް ކޮށްފައެވެ.

ތުރުކީއަށް ޗުއްޓީއަށް ދިޔަ ރަޝިއާގެ އަންހެން ފަތުރުވެރިއެއް ކަމަށްވާ ލިޑިއާ ބަޒަރޯޒާ، (64އ) އަށް ބޯބޮޑު ވެލާ ހަމަލާ ދިން އިރު އޭނާ ދިޔައީ އެއްގަމާއި ގާތްގަނޑަކަށް 10 ފޫޓު ދުރުގައި ފަތަމުންނެވެ.

ލިޑިއާ އޭނާގެ ދަރިފުޅާއެއް، ހާދިސާ ހިނގިގޮތް މީޑިއާއަކަށް ކިޔާދެނީ

ބޮޑު ގެރިއެއްގެ ސައިޒުގެ އެ ބޯބޮޑު ވެލާ ލިޑިއާއަށް ހަމަލާ ދިނުމުގެ ސަބަބުން ހޮސްޕިޓަލުގައި އެޑްމިޓުކޮށް ފަރުވާ ހޯދަން ޖެހުނެވެ. ލިޑިއާ ބުނީ، ކުއްލިއަކަށް އެގޮތަށް އެއްޗެއް ގައިގައި ދަތް އަޅައި ދަމައިގަތުމުން ވަރަށް ބިރުގަތް ކަމަށެވެ. އަދި އޭގެ ކައިރިން ސަލާމަތްވުމަށް ވަރަށް މަސައްކަތްކުރި ކަމަށެވެ.

ލިޑިއާއަށް ލިބުނު އަނިޔާ ފެންނަ ފޮޓޯއެއްް

ލިޑިއާ ސަލާމަތްވީ ލައިފްގާޑެއް އެހީވުމަށް އައުމުންނެވެ. އަދި އެމީހާ ހަޅޭއްލަވާ ހަދަން ފެށުމުން ވެލާގެ ސަމާލުކަން އެމީހާއަށް ދިޔަ ހިސާބުން ގައިން ދޫކޮށްލީ ކަމަށް ލިޑިއާ ބުންޏެވެ.

ރިޕޯޓުތައް ބުނާގޮތުން ފާއިތުވީ ދެ ހަފްތާތެރޭގައި ތުރުކީގެ އެހިސާބުގައި ވެލާ ހަމަލާދީގެން 11 ހާދިސާއެއް ވަނީ ރިޕޯޓުކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!