ވަޅިން ހަމަލާދީ މަރާލާފައިވާ ކުދި މިޔަރުތަކެއް ފެނިއްޖެ

މަރާލާފައިވަ ކުދި މިޔަރުތައް،
މަރާލާފައިވަ ކުދި މިޔަރުތައް،

ވަޅިން ހަމަލާދީ މަރާލާފައިވާ ކުދި މިޔަރުތަކެއް ސިންގަޕޫރުގެ މޫދުން ފެނިއްޖެއެވެ. މި މިޔަރުތައް ފެނިފައިވަނީ، ފީނަން އުޅުނު ބަޔަކަށެވެ.

ސިންގަޕޫރުގެ ޕުލާއު ހަންޓު ޖަޒީރާ ރަށެއްގެ ފަޅުތެރެއިން މި ބްލެކްޓިވް ޝާކުގެ އާއިލާއަށް ނިސްބަތްވާ އަށް މިޔަރު ފެނިފައިވެއެވެ. އެގޮތުން ހަންޓޫގެ ޖެޓީ ސަރަޙައްދުގެ 11 މީޓަރުގެ އަޑިން މިޔަރުތައް ފެނިފައިވާއިރު، މިޔަރުތަކަށް ވަޅިން ހަމަލާ ދިނުމުގެ ސަބަބުން ފުން ޒަހަމްތަކެއް ލިބިފައިވެއެވެ.

މެރިން ސްޓްވާޑްސްއިން މިކަމާއި ގުޅޭގޮތުން ކަންބޮޑުވުން ފާޅުކޮށް ނެރެފައިވާ ރިޕޯޓުގައި ބުނެފައިވަނީ މިޔަރުތައް މަރާލާފައިވަނީ ދާ ޖަހައިގެން މަސް ބޭނުމުގެ ތެރޭގައި ދަލުގައި މިޔަރުތައް ޖެހުމުން ކަމަށް ބެލެވޭ ކަމަށެވެ. ބްލެކް ޓިޕް ޝާކް އަކީ އިންސާނުންނަށް ހަމަލާދޭ ބާވަތުގެ މިޔަރެއް ނޫނެވެ.

ޕުލާއު ހަންޓޫ ރަށުގެ ކައިރި ސަރަޙައްދުތަކަކީ ފީނާ މީހުންގެ މެދުގައި މަޤްބޫލް ހިސާބެކެވެ. އަދި އެހިސާބުތަކުން ފެންނަ މިޔަރުގެ ބާވަތްތަކަކީ ގިނަ ބައެއްގެ ޝައުގުވެރިކަން އެއަށް ލިބިފައިވާ އެއްްޗެކެވެ.

ސިންގަޕޫރުގައި މިޔަރުގެ މަސްވެރިކަން ކުރުމަކީ މަނާކަމެއް ނޫނެވެ. އަދި މިޔަރު އުރަހައަކީ ސިންގަޕޫރުގައި އާއްމުކޮށް ކެއުމަށް ބޭނުންކުރާ އެއްޗެކެެވެ. މިޔަރު އުރަހަ މަނާކުރުމަށް 2019ވަނަ އަހަރު ސިޔާސީ ބައެއް ފަރާތްތަކުން މަސައްކަތްކުރި ނަމަވެސް އެގައުމުގެ ގާނޫނު ހަދާ މަޖްލީހުންވަނީ އެކަމާއި ދެކޮޅު ހަދާފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ