ކަކުނި ވެލާ ނަގައިގެން ގެންދާ މަންޒަރުު
ކަކުނި ވެލާ ނަގައިގެން ގެންދާ މަންޒަރުު

ކަކުންޏެއް، ކުޑަ ވެލާއެއް ނަގައިގެން ގެންދާ ވީޑިއޯއެއް އާއްމުވެއްޖެ

ކަކުންޏެއް، ކުޑަ ވެލާއެއް ނަގައިގެން ގެންދާ ވީޑިއޯއަކަށް އާއްމުންގެ ބޮޑު ސަމާލުކަމެއް ލިބިއްޖެއެވެ.

ގުދުރަތީ މަންޒަރުތައް ފޮޓޯ ނެގުމުގައި މަޝްހޫރުކަން ހޯދާފައިވާ މާކު ސްމިތު އިންސްޓަރގްރާމްގައި ހިއްސާކޮށްފައިވާ ވީޑިއޯއަކީ އޭނާ އޮގަސްޓުމަހުގެ ކުރީކޮޅު ފްލޮރިޑާގައި ނަގާފައިވާ ވީޑިއޯއެކެވެ.

އޭނާ ނަގަން މަސައްކަތްކުރީ ކުޑަ ބޯބޮޑު ވެލައެއް، ބިސްވަޅުން ނިކުމެގެން މޫދަށް ދާ މަންޒަރެވެ. އެހެންނަމަވެސް ވެލައަށް މޫދާ ހަމައަށް ނުދެވެނީސް ކަކުންޏެއް އައިސް ވެލާ ނަގައިގެން ގެންދަން މަސައްކަތްކުރެއެވެ.

އަދި އެކަންތައް ހިންގީ ވަރަށް ކުއްލިއަކަށް ކަމަށާއި، އެވަގުތު އޭނާ ހުރީ 50 އަކަށް ފޫޓު ދުރުގައި ކަމަށް މާކު ބުންޏެވެ. އަދި އޭނާއަށް ލިބުނީ ކުއްލި ސިހުމެއް ކަމަށް މާކު ބުނެފައިވެއެވެ.

 

&

 

View this post on Instagram

 

A post shared by Mark Smith (@mark.smith.photography)

;

މާކު ބުނީ އޭނާ ހިއްސާކޮށްފައިވަނީ ވީޑިއޯ ވަރަށް ބޮޑަށް ސްލޯ ކުރުމަށްފަހު ކަމަށެވެ. ވީޑިއޯގައި ފެންނަނީ ކަކުނި ވެލާ ނަގައިގެން ގެންދާ މަންޒަރެވެ. ދެންވާ ގޮތެއް ނޭގެއެވެ.

މާކު ބުނީ ކަކުނި ވެލާ ގެންގޮސް ހޮރަށް ވެއްދުމަށް މަސައްކަތްކުރި ކަމަށެވެ. އެހެން ނަމަވެސް ހޮރު ކުޑަވުން ވެލާ އެ ހޮރަށް ނުލެވުނު ކަމަށެވެ. ދެން އެވަގުތު ކަކުނި އަތުން ވެލާ ދޫވެ، މޫދަށް ވެލާ ދިޔައީ ކަމަށް މާކު ބުނެފައިވެއެވެ.

އެމެރިކާގެ ބީޗުތަކަށް އެންމެ ގިނައިން ބިސް އަޅަން އަރަނީ ބޯބޮޑު ވެލާއެވެ. އެހެން ނަމަވެސް ތަފާތު އެކި ސަބަބުތަކާއި ހެދި ބޯބޮޑު ވެލާގެ އާބާދީ ވަނީ ދަށްވާން ފަށާފައެވެ.

އަދި މިހާރު ބޯބޮޑު ވެލާއަކީ އެމެރިކާގެ ނެތި ހިނގައިދާނެ ކަމުގެ ބިރު ހީވެފައިވާ ޖަނަވާރުތަކުގެ ތެރޭގައި ހިމެނޭ އެއްޗެކެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!