އިންޑިއާއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ބެންގަލޫރު ސިޓީގެ މަގުތަކުގައި ފެންބޮޑުވެ، މަގުމަތިން ދިރޭމަސް ފެންނަން ފަށައިފިއެވެ.
ކާރޫބާރޫ ބޮޑު ބެންގަލޫރު ސިޓީއަށް ހުއްޓާ ނުލާ ވާރޭ ވެހުމުގެ ސަބަބުން މަގުތައް ފެންބޮޑުގެ، ދަތުރުފަތުރު ކުރުމަށްވެސް ވަނީ އަސަރު ކޮށްފައެވެ. އެގޮތުން މީހުންގެ ކަކުލާއި ހަމައަށް މަގުތަކުގައި ފެން ހެދިފައި ވާއިރު، އާއްމުންގެ ގޭގެއަށްވެސް ފެންވަދެ ގިނަ ގެއްްލުންތަކެއް ވަނީ ލިބިފައެވެ.
ވިއްސާރައާއި ގުޅިގެން ކަރުނާޓަކާގެ ސަރުކާރުންވަނީ ސްކޫލްތަކާއި ކޮލެޖްތައް މިދިޔަ ހޯމަ އަދި އަންގާރަ ދުވަހު ބަންދުވެސް ކޮށްފައެވެ. އަދި ސޯޝަލް މީޑިއާ ޕްލެޓު ފޯމް، ޓްވިޓަރގައި ވަނީ ގިނަ އަދަދެއްގެ ބަޔަކު އެމީހުންގެ ތަޖުރިބާތައް ހިއްސާ ކޮށްފައެވެ.
ވިއްސާރާއި ގުޅިގެން ގިނަ ބަޔަކު ގޭތެރޭގައި ތާށިވެފައި ތިބެން ޖެހުނެވެ. އަދި މަގުތަކުން ފެން ހިންދުމަށް ކަމާއި ގުޅޭ ވުޒާރާތަކުން ވަނީ ޕަންޕު ޖަހާ ޖަހާފައެވެ. ފެން ބޮޑު ވުމާއި އެކު ސޯޝަލް މީޑިއާގައި އާއްމުން ހިއްސާކުރަމުން ދިޔަ ފޮޓޯތަކާއި ވީޑިއޯތަކުގެތެރެއިން އެންމެ ފާހަގަކޮށްލެވުނު ފޮޓޯއަކީ މަގުމަތިން މަހެއް ހިފާ ފޮޓޯއެވެ.
Come to Bangalore. You get fresh catch in the middle of the road now! pic.twitter.com/uIdTX5jIF7
— Sameer Mohan (@sleepyhead148) August 30, 2022
ސަމީރު ހޯމަން ނަމަކަށް ކިޔާ މީހެއް ހިއްސާކުރި މި ފޮޓޯ 215 މީހުން ރިޓްވީޓުކޮށްފައިވާއިރު، 2297 މީހުން ލައިކް ދީފައިވެއެވެ.
ބެންގަލޫރުގެ މަގުމަތިން ހިފާފައިވަނީ ކޯރުގައި އުޅޭ މަހެކެވެ. އެހެންކަމުން ލަފާކުރެވެނީ ކޯރެއް ބަންޑުން ޖަހާލުމުން އެތަނުން ބޭރުވެގެން މަގާއި ހަމައަށް އައި މަހެއް ކަމަށެވެ.