ބަނޑުން ފެނުނު ވެލާތައް،
ބަނޑުން ފެނުނު ވެލާތައް،

ބޭނި މަހެއްގެ ބަނޑުގައި ކުދި 7 ވެލާ

އެމެރިކާއިން މީހަކު ބޭނި މަހެއްގެ ބަނޑުން ކުދި 7 ވެލާ ފެނިއްޖެއެވެ. އެމެރިކާގެ ފްލޮރިޑާގައި މަހަށް ނިކުމެ އުޅުނު ކާރޓަރ އެންޑްރިއު އަދި ޗޭސް ކޯރނެލްއަށް ކަކުނިތައް މޫދަށް އުކަމުން ދިޔައިރު ބޮޑު މަހެއް ބޭނި ދާނެ ކަމަަކަށް އުއްމީދެއް ނުކުރެއެވެ.

އެހެން ނަމަވެސް 4.5 ކިލޯގެ ފަރުމަހެއް ބޭނުނެވެ. އެމީހުން ބާނާފައިވަނީ ފާނައިގެ ބާވަތެއް ކަމަށްވާ މެންގްރޯވް ސްނެޕާއެކެވެ. މަސް ބޭނުމަށްފަހު އޭތި ސާފުކުރުމުގެ މަސައްކަތް ކުރަމުން ދިޔައިރު ދެން ދިމާވީ ވަރަށް ހަައިރާން ކުރަނިވި ކަމަކާއި އެވެ.

އެމަހުގެ ބަނޑުން ކުދި ހަތް ވެލާ ފެނުނެވެ. އެންޑްރިއު މީގެކުރިން 30އަށްވުރެ ގިނަ ޤައުމެއްގައި މަސްވެރިކަން ކޮށްފައިވެއެވެ. އަދި އޭނާވަނީ 100އަށްވުރެ ގިނަ ބާވަތުގެ މަސް ބާނާފައެވެ. އެހެންނަމަވެސް ފާނައަކީ ކުދި ވެލާ ކައިއުޅޭ މަހެއް ކަން މީގެ ކުރިން އޭނާއަށް އެނގިފައެއް ނުވެއެވެ.

ވެލާއަކީ ފަސޭހައިން އެހެން މަސްތަކުގެ ޝިކާރައަކަށްވާ އެއްޗެކެވެ. ބިސްވަޅުން ނިކުމެވެގެން މޫދާ ހަމައަށް ދިޔުމަށްވެސް ކުރަން ޖެހެނީ ހަނގުރާމައެކެވެ.

ގިނަ އަދަދެއްގެ ވެލާތައް މޫދަށް ނުދެވި އެހެން ޖަނަވާރެއްގެ ކެއުމަކަށްވެއެވެ. ފްލޮރިޑާގެ ވައިލްޑްލައިފް ކޮމިޝަންގެ ހިސާބުތައް ދައްކާގޮތުން ފްލޮރިޑާގެ ބީޗުތަކުގެ ބިސްވަޅުތަކުން ނިކުންނަ ކޮންމެ 1000 ވެލާގެ ތެރެއިން، ސަލާމަތުން ބޮޑުވަނީ އެއްމެ ވެލައެކެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!