ނިއުޒިލޭންޑުގެ މީހެއް މާ ގިނައިން މަސް ބޭނުމުން 1500 ޑޮލަރުގެ ޖޫރިމަނާއެއް ދައްކަން ޖެހިއްޖެއެވެ.
ޖޫރިމަނާގެ ގޮތުގައި 1500 ޑޮލަރު ދެއްކުމަށް އޭނާގެ މައްޗަށް ހުކުމްކޮށްފައިވަނީ ނިއުޒިލޭންޑުގެ ޓިމަރޫ ޑިސްޓްރިކްސް ކޯޓުންނެވެ. އެގޮތުން ސްކޮޓުލޭންޑަށް ނިސްބަތްވާ ކްރިސްޓޮފަރ ވުޑު ވަނީ ކޮންމެ ދުވަހަކު ބޭނޭނެ މަހުގެ ލިމިޓަށް ވުރެއް ގިނައިން މަސް ބާނާފައެވެ. އަދި އޭނާ ވަނީ އަމިއްލައަށްވެސް މިކަމާއި އެއްބަސްވެފައެވެ.
އޭނާ ލިމިޓަށްވުރެ ގިނައިން މަސް ބާނާފައިވަނީ ނިއު ޒިލޭންޑޫގެ މެކެންޒީ ހައިޑްރޯ ކެނަލްގައި މިދިޔަ ފެބްރުއަރީމަހު މަސްވެރިކަން ކުރުމަށް ނިކުމެ އުޅުމުގެ ތެރޭގައެވެ. އެސަރަހައްދުގައި މަސްވެރިކަން ކުރުމުގައި ފިޝް އެންޑު ގޭމް ރޭންޖަރުންނަށް ބޭނުމުގެ ހުއްދަ އޮންނަނީ 2 މަހެވެ. އެހެން ނަމަވެސް ވުޑް ވަނީ 3 މަސް ބާނާފައެވެ. އަދި އިތުރަށް ބޭނި މަސް އޭނާވަނީ ފޮރުވުމަށް މަސައްކަތްކޮށްފައެވެ.
މަސްވެރިކަމުގައި މީގެ ކުރިންވެސް ވުޑްގެ މައްސަލަތަކެއް ވަނީ އެޤައުމުގެ ފިޝަރީޒް މިނިސްޓްރީން ބަލާފައެވެ. އެހެންކަމުން މިފަހަރު އޭނާއަށް ޖޫރިމަނާ ދެއްކުމަށް ހުކުމް ކުރުމުގައި އެކަންތައްތަކަށްވަނީ ބަލާފައެވެ.
ކޮންމެ ދުވަހަކުވެސް ބޭނޭނެ މަހުގެ ލިމިޓެއް ކަނޑައަޅާފައިވަނީ ދެމެހެއްްޓެނި ގޮތެއްގައި އެ ސަރަހައްދުގައި މަސްތައް އާލާ ކުރުމަށެވެ. އަދި މި ގަވާއިދަށް އަމަލުކުރޭތޯ ބެލުމަށް ފުލުހުންވެސް އެސަރަހައްދުގައި ހަރަކާތްތެރިވެއެވެ.