ބެހިގެން ދިޔަ މަސްވެރިޔާ
ބެހިގެން ދިޔަ މަސްވެރިޔާ

ބެހިގެން ދިޔަ މަސްވެރިއެއް 11 ދުވަސްފަހުން ސަލާމަތްކޮށްފި، އޭނާ ފެނިފައިވަނީ ފްރީޒަރެއްގެ ތެރެއިން

ބްރެޒީލްއަށް ނިސްބަތްވާ، ރޮމުއެލްޑޯ މެސިޑޯ ރޮޑްރެގޭސް މިމަހުގެ ކުރީ ކޮޅު މަހަށް ނިކުތީ ތިން ދުވަހުގެ މަސް ދަތުރަކަށެވެ. އެހެންނަމަވެސް އޭނާ މަހަށް ދިޔަ ހަތް މީޓަރުގެ ކުޑަ ދޯނި ހަލާކުވެ. ކަނޑުމަތީގައި 11 ދުވަސް ހޭދަކޮށްފައިވަނީ ފްރީޒަރެއްގެ ތެރޭގައެވެ.

ރޮޑްރެގޭސް ކަނޑުމަތީގައި އެހާ ގިނަ ދުވަހު ސަލާމަތުން ހޭދަކުރިކަމީ އަޖައިބެކެވެ. ސަބަބަކީ އޭނާ އަކީ އެއްވެސް ވަރަކަށް ފަތަން އެނގޭ މީހަކަށް ނުވުމެވެ. އަދި 11 ދުވަސްވަންދެން އޭނާ އެއްވެސް ކައި އަދި ބޮއެފައިވެސް ނުވެއެވެ. މިއާއެކު އޭނާވަނީ 5 ކިލޯ ލުއިވެފައެވެ.

ބެހިގެންދިޔަ މަސްވެރިއާ ސަލަމަތްކުރުން

އޭނާ ފެނިފައިވަނީ ހުޅަނގު އެމެރިކާގެ ޤައުމެއް ކަމަށްވާ ސްރިނޭމްގެ ކަނޑުގެ ސަރަޙައްދުން މަސްވެރިން ތަކަކަށެވެ. އޭރު އޭނާގެ ހާލުވަރަށް ދެރައެވެ. ވަގުތުން ވަނީ އޭނާ ހޮސްޕިޓަލަށް ގެންގޮސްފައެވެ. އަދި ހޮސްޕިޓަލްގައި ފަރުވާ ދިނުމަށްފަހު އޭނާ ވަނީ އަނބުރާ ބްރެޒިލްއަށް ފޮނުވާދީފައެވެ.

ރޮޑްރިގޭސްވަނީ އޭނާގެ ތަޖުރިބާ މީޑިއާތަކާއި ހިއްސާކޮށްފައެވެ. އޭނާ ބުނީ ސަލާމަތްވާނެ ކަމުގެ އުއްމީދު އޮތީ ވަރަށް ކުޑަކޮށް ކަމަށެވެ. އަދި ހެއްދެވި ފަރާތުން އޭނާއަށް ދިރިއުޅުމުގެ ދެވަނަ ފުރުސަތެއް މިހާރު މިވަނީ ދެއްވާފައި ކަމަށާއި މި ފުރުސަަތުގެ ބޭނުން އޭނާ ހެޔޮ ގޮތުގައި ހިފަން ބޭނުންވާ ކަމަށެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!