އެއްގަމަށް ލައްގާފައި ހުރި މަރުވެފައި ހުރި މަސްތަކެއް
އެއްގަމަށް ލައްގާފައި ހުރި މަރުވެފައި ހުރި މަސްތަކެއް

ލިމިޓު ހަމަވެފައިވުމުން، ދާ ޖަހައިގެން މަސްވެރިކަންކުރުމުގައި ހިފޭ ހުރިހާ ކަންނެންޏެއް އަނބުރާ މޫދަށް!

ކަންނެލި ބޭނޭނެ ލިމިޓު ހަމަޖެހިފައިވުމުން ކޮންމެ ދުވަހަކުވެސް ގިނަ އަދަދެއްގެ މަސްތައް މޫދަށް އުކާލަން ޖެހޭ ކަމަށް ދެކުނު ކޮރެއާގެ، ގުއާންވޮންގެ މަސްވެރިން ހާމަކޮށްފިއެވެ.

ކަންނެލި ބޭނޭނެ ވަކި ލިމިޓެއް ދެކުނު ކޮރެއާގެ ވެސްޓަރން އެންޑު ސެންޓްރަލް ޕެސިފިކް ފިޝަރީޒް ކޮމިޝަންއިން ކަނޑައަޅާފައި އޮންނަނީވެސް ދެމެހެއްޓެނެވި ގޮތެއްގައި މަސްވެރިކަން ކުރުމަށް ބާރު އެޅުމުުގެ ގޮތުންނެވެ. އެހެން ނަމަވެސް ދާ ޖަހައިގެން މަސްވެރިކަން ކުރުމުގައި ކޮންމެ ދުވަހަކުވެސް ގިނަ އަދަދެއްގެ ކަންނެލި ހިފެއެވެ. އަދި އެކަން އެނގެނީ މަސްތައް ކިރާ ހިސާބުންނެވެ. އެހެން ކަމުން މަސްވެރިން އަމަލު ކުރާ ގޮތަކީ މަރުވެފައި ހުއްޓަށް ކަންނެލިތައް އަނބުރާ މޫދަށް އުކާލަނީއެވެ.

އަދި މޫސުން ހުންނަ ގޮތަށް ބަލާ މަރުވެފައި ހުންނަ މަސްތައް މޫދަށް އެޅުމަށް ދިގު ދަތުރުތައް ކުރަން ޖެހެއެވެ. އެއީ މޫދަށް އަޅާ މަސްތައް ގޮނޑުދޮށަށް ލައްގާ ކުނި މަސްތައް ބީޗަށް ދާ މީހުންނަށް ދުވުމުން ދުރުކުރުމަށެވެ. މިގޮތަށް ދުރު ހިސާބުތަކަށް ދުއްވަން ޖެހުމަކީވެސް މަސްވެރިން ތެލަށް ކުރަން ޖެހޭ ހޭދަ އިތުރުވެފައިވާ ކަމެކެވެ.

މިދިޔަ ޖުލައިމަހުގެ ފަހުކޮޅުވަނީ 1000އަށްވުރެ ގިނަ މަރުވެފައިވާ ކަންނެލި މަސްތައް ޖަންގްސާ ބީޗަށް ލައްގާފައެވެ. މިއާއެކު މުޅި ހިސާބުގައި ނުބައި ވަސް ދުވާކަމުގެ ޝަކުވާ ފަތުރުވެރިންވަނީ ކޮށްފައެވެ.

މަސްވެރިން އާއްމުގޮތެއްގައި މަސް ބާނަނީ އެއްގަމާއި ތިން ވަރަކަށް ކިލޯ މީޓަރު ދުރުންނެވެ. އަދި ކޮންމެ ދުވަހަކުވެސް 5 ޓަނާއި 20 ޓަނާއި ދެމެދުގެ އަދަދަކަށް ކަންނެލި މަސް ބާނައެވެ. ދާ ތަކުގެ ތެރެއަށް ފަސޭހައިން ކަންނެލި މަސްތައް ވަނަސް ދާ ގަނޑުން އެ މަސް ބޭރުވަނީ އުނދަގުލުންނެވެ.

މޫދަށް އުކަލާފައި ހުރި މަސްތަކެއް އެއްގަމަށް ލައްގާފައި

ގަންގުވޮންގެ ކަމާއިގުޅޭ ވުސާރާތަކާއި މަސްވެރިންގެ އެދުމުގެ މަތިން އެ ސަަރަހައްދުގައި ކަނެނެލި ބޭނޭނެ އެންމެ މަތީ މިންވަރު މިހަރު ވަނީ ދެ ފަހަރެއްގެ މަތިން މުރާޖާކޮށްފައެވެ. އެގޮތުން މިހާރުގެ އަދަދަކީ 63 ޓަނެވެ. ކުރިން މި އަދަދު ހުރީ 24.4 ޓަނުގައެވެ. މި އަދަދުވެސް މިހާރުވަނީ ހަމަވެފައެވެ.

ކުރީ އަހަރުތަކުގެ ކޯޓާތަކަށް ބަލާއިރު، 2019ވަނަ އަހަރުގެ ކޯޓާގެ އަދަދަކީ 33 ޓަނެވެ. 2020ވަނަ އަހަރު މި އަދަދު ހުރީ 44 ޓަނުގައެވެ. އަދި 2021ވަނަ އަހަރު ކޯޓާގެ އަދަދަކީ 44 ޓަނެވެ.

ލިމިޓަށްވުރެ ގިނައިން މަސް ބާނާ ފަރާތްތައް 2 އަހަރުގެ ޖަލު ހުކުމެއް އައުން ނުވަތަ 14580 ޑޮލަރުގެ ޖޫރިމަނާ އެއް ދައްކަން ޖެހޭނެ ކަމަށް ދެކެނު ކޮރެއާގެ ފިޝަރީޒް އެކްޓުގައިވެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!