ވާވޮށި ވެލާގެ ބިސްވަޅުން ފެނިފައިވާ ގޮތް ނޭގޭ ބިސް
ވާވޮށި ވެލާގެ ބިސްވަޅުން ފެނިފައިވާ ގޮތް ނޭގޭ ބިސް

ވާވޮށި ވެލާތަކެއްގެ ބިސް ވަޅުތަކުން ގޮތް ނޭގޭ ބިސްތަކެއް

ވާވޮށި ވެލާތަކެއްގެ ބިސް ވަޅުތަކުން ގޮތް ނޭގޭ ބިސްތަކެއް ފެނިއްޖެއެވެ. އެމެރިކާގެ ނޯތު ކެރޮލައިނާގެ ބީޗަކުން ފެނިފައިވާ ވެލާ ބިސްތަކަކީ "ސްޕޭސަރ" ބިސްތަކެއް ކަމަށް ކޭޕް ހެޓާރސް ސީޝޯވް ޕާކް ސަރވިސްއިން ހާމަކުރެއެވެ.

އެ ސަަރވިސްގެ އިންސްޓަރގްރާމް އެކައުންޓުގައި ބުނެފައިވަނީ، ގިނަ އަދަދެއްގެ ވާވޮށި ވެލާތަކުގެ ބިސްވަޅުތަކުން ރަނގަޅަށް ހުރި ބިސްތަކާއި އެކު ސްޕޭސަރ ބިސްތައް ފެނިފައިވާ ކަމަށެވެ. ވާވޮށި ވެލާ ނުވަތަ އޮލިވް ރިޑްލީ ޓާޓަލް އަޅާ ބިސްތައް އާއްމުކޮށް ހުންނަނީ ހުދުކޮށް ވަށްކޮށެވެ. އަދި ބިހުގެ ސައިޒަކީ ޓީޓީ ކުޅޭ ބޯޅައެއް ވަރެވެ.

އެހެންނަމަވެސް ސްޕޭސަރ ބިސްތައް ހުންނަނީ ވަރަށް ކުދިކޮށެވެ. މީގެ ބިސްތަކުގެ ތެރޭގައި ޔޯކް ބައެއް ނީދެއެވެ. އެހެންކަމުން މީގެ ބިސްތަކުން ކުދި ވިލާތަކެއް ނުނިކުންނާނެއެވެ.

އާއްމުކޮށް ސްޕޭސަރ ބިސް ފެންނަނީ ލެދަރބެކް ޓާޓަލް ނުވަތަ މުސިންބީ ވެލާތަކުގެ ބިސްވަޅުތަކުންނެވެ. ސްޕޭސަރ ބިސްތައް އެއަށް ދެވިފައިވާ ނަމާއި އެއްގޮތަށް އެއީ ބިސްވަޅުގައި ސްޕޭސް ފިލްކުރާ އެއްޗެއްގެ ގޮތުގައި ވަނީ ބެލެވިފައެވެ. އެހެންނަމަވެސް މިފަދަ ބިސްތަކުގެ އަސްލު ބޭނުމަކީ ކޮބައިކަމެއް އަދި ދެނެގަނެވިފައެއް ނުވެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!