އިއްސެއްގެ ފޮޓޯ
އިއްސެއްގެ ފޮޓޯ

ސީފުޑު ވޮޗުގެ "ރެޑު ލިސްޓް" އަށް އިހި އިތުރުކޮށްފި

އެމެރިކާގެ ތިމާވެށި ހިމާޔަތްކުރުމަށް މަސައްކަތްކުރާ ޖަމިއްޔާއެއް ކަމަށްވާ، ސީފުޑު ވޮޗުގެ "ރެޑު ލިސްޓް" އަށް އިހި އިތުރުކޮށްފިއެވެ.

އިހި ނުވަތަ ލޮބްސްޓަރއަކީ ކެއުމުގައި ބޭނުން ކުރުމަށް ގިނަ ބައެއްްގެ މެދުގައި މަޤްބޫލުއެއްޗެކެވެ. "ރެޑް ލިސްޓް"ގައި އިހި ހިމަނާފައިވާއިރު، ފުޑު މެނިއުތަކުން އިހި ނެގުމަށް ވަނީ އިލްތިމާސް ކޮށްފައެވެ. ސީފުޑު ވޮޗު ބުނާގޮތުގައި ރެޑް ލިސްޓުގައި އިހި ހިމަނާފައިވަނީ އިހި ހިފުމަށް ކަނޑަށް ދޫކުރާ ވާފަށުގައި ބޮޑުމަސްތައް ޖެހެމުންދާތީއެވެ.

އެގޮތުން ނޯތު އެޓްލާންޓިކް ރައިޓު ވޭލްތަކަކީ އެމެރިކާގައި އަދި ދުނިޔޭގެ އެހެން ޤައުމުތަކުގައިވެސް ނެތި ހިނގައިދާނެ ކަމުގެ ބިރު ހީވެފައިވާ ލިސްޓުގައި ހިމެނޭ ބާވަތެކެވެ. އެހެންކަމުން އޭގެ އާބާދީ ހިމާޔަތްކުރުމަކީ މުޙިއްމު ކަމެއް ކަމަށް އެ ޖަމިއްޔާއިން ދެކެއެވެ.

މިދިޔަ ހަފްތާތެރޭގައި ރެޑް ލިސްޓަށްވަނީ އިހީގެ އިތުރުން، ސްކޯ ކްރެބު، އެޓްލާންޓިކް ރެޑު ކުރެބް، އަދި ބާލިދީ އާއި ޓްރެޕްސް ބޭނުންކޮށްގެން ހިފާ ބާވަތްތައް އިތުރުކޮށްފައެވެ.

ލޮބްސްޓަރ ނުވަތަ އިހީގެ ތެރެއިން، އެމެރިކަން ލޮބްސްޓަރއަކީ ކަސްޓަމަރުންގެ މެދުގައި އެންމެ މަޤްބޫލު ބާވަތެވެ. އެގޮތުން 1800ގެ އަހަރުތަކުން ފެށިގެން، އެމެރިކާ އާއި ކެނެޑާގެ އައްސޭރިފަށުން މި ބާވަތުގެ އިހި ހިފަމުން ދެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!