މެލްބާންގައި ފުރާވަރުގެ އުމުރުގެ ކުއްޖަކު، 135.4 ކިލޯގެ ނޫ އުރަހަ ކަންނެއްޏެއް ބާނައިގެން ރެކޯޑެއް ހަދައިފިއެވެ. އޭނާ އާކޮށްފައިވަނީ އޮސްޓްރޭލިއާގައި ބާނާފައިވާ އެންމެ ބޮޑު ނޫ އުރަހަ ކަންނެލީގެ ރެކޯޑެވެ.
ރަޔަން ގަޒޯލާ ބޭނި މަހަކީ މީގެ ކުރިންވެސް ބާނާފައިވާ މަހެކެވެ. އެގޮތުން އެއީ 1993ވަނަ އަހަރު ޓެގު ޖަހައި، ދޫކޮށްލާފައިވާ މަހެކެވެ. އޭރު އެމަހުގެ ދިގު މިނަކީ 52 ސެންޓިމީޓަރެވެ. އޭގެ 30 އަހަރު ފަހުން މި ނޫ އުރަހަ ކަންނެލި އަލުން ބާނާ މިވަނީ ރެކޯޑު ހަދާފައެވެ.
ރަޔަން ބުނި ގޮތުގައި އިތުރު ދެ ރަހުމަތްތެރިންނާއި އެކު މަހަށް ނިކުތީ އެހާ ބޮޑު ކާމިޔާބީއެއް ހޯދޭނެ ކަމަށް ކުޑަވެސް ވަރެއްގެ އުއްމީދެއް ކޮށްގެނެއް ނޫނެވެ. އެހެން ނަމަވެސް ނަނުގައި މި މަސް ޖެހުމާއި އެކުވެސް އެއީ އާދައިގެ މަހެއް ނޫންކަން އެނގުނު ކަމަށް ރަޔަން ބުނެއެވެ. މި މަސް ބޭނިފައިވަނީ ހަތަރު ގަޑިއިރުގެ މަސައްކަތުންނެވެ.
އޮސްޓްރޭލިއާގެ ސީއެސްއައިއާއޯއިން ބުނިގޮތުގައި މި ނޫ އުރަހަ ކަންނެއްޏަކީ، މިހާތަނަށް އޮސްޓްރޭލިއާގެ ތާހީރުގައިވެސް ބާނާފައިވާ އެންމެ ސައިޒުގެގޮތުން ބޮޑު ނޫ އުރަހަ ކަންނެއްޏެވެ.