އޮސްޓްރޭލިއާ މީހަކު ތަފާތު މިޔަރެއް ބޭނުން
އޮސްޓްރޭލިއާ މީހަކު ތަފާތު މިޔަރެއް ބޭނުން

އޮސްޓްރޭލިޔާގައި ތަފާތު ލޮލެއް ހުންނަ މިޔަރެއް ބާނައިފި

އޮސްޓްރޭލިއާއަކީ ތަފާތު އެކި ކަހަލަ ޖަނަރާއި ކަނޑުގެ ދިރުންތަކުން މުއްސަދިކަން ލިބިފައިވާ ޤައުމެކެވެ. އެގޮތުން މިފަހުން މަސްވެރިއެއް ވަނީ ތަފާތު ސިފައެއް ޖަހާ މިޔަރެއް ބާނާފައެވެ. ކަނޑުގެ ވަރަށް އަޑިން ބާނާފައިވާ މި މިޔަރުގެ ލޯ އިންނަނީ ނުލާއި ކަޅު ކުލައިގައެވެ. ޕޮއިންޓަށް ނޭފަތެއް އިންނަ އިރު ދަތްޕިލަ އިންނަނީ ކުޑަކޮށް ބޭރަށެވެ.

މި މިޔަރު ބާނާފައިވަނީ ސިޑްނީގެ މަސްވެރިއެއް ކަމަށްވާ ޓްރެޕްމަން ބާނަގުއިއެވެ. އޭނާ މި މިޔަރު ބާނާފައިވަނީ ކަނޑުގެ 2133 ފޫޓު އަޑިންނެވެ. މި މިޔަރާއި ގުޅޭގޮތުން ޓްރެޕްމަން ބުނީ އޭގެ ހަންގަނޑު ހުރީ ރާޅުކޮށް ކަމަށެވެ. އަދި މިއީ އާއްމުކޮށް 600 މީޓަރު އަޑިން ފެންނަ މިޔަރެއް ކަމަށާއި، ފިނި މޫސުމުގައި މީގެ މިޔަރު މީގެ ކުރިންވެސް ބާނާފައިވާ ކަމަށް އޭނާ ބުނެއެވެ.

ޓްރެޕްމަންވަނީ މި މިޔަރުގެ ފޮޓޯތައް ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ. މިއާއެކު ގިނަ ބައެއްގެ މެދުގައި މި ބާވަތެއްގެ މިޔަރާ މެދު ވަނީ ބަހުސެއް އުފެދިފައެވެ. ބައެއް ފަރާތްތަކުން މިއީ ކުކީ ކަޓާ ޝާކެއް ކަމަށްވެސް ބުނެފައިވެއެވެ. އެހެންނަމަވެސް ޓްރެޕްމަން ބުނެފައިވަނީ މިއީ ކުކީ ކާޓާ ޝާކެއް ނޫން ކަމަށެވެ. ސަބަބަކީ މީގެ އަނގައިގެ ދަތްތައް ތަފާތުވުމެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!