މިޔަރު ލޯނޗުތެރެއަށް ފުއްމާލުން
މިޔަރު ލޯނޗުތެރެއަށް ފުއްމާލުން

މަސް ބޭނުމުގައި ހަރަކާތްތެރިވި ބައެއްގެ ނަނުގައި ޖެހުނު މިޔަރެއް ފުންމާލީ ލޯންޗު ތެރެއަށް

މަސް ބޭނުމަށް ޝައުގުވެރިކަން ހުންނަ ބަޔަކު ލޯންޗެއް ކުއްޔަށް ހިފައިގެން މަހަށް ނުކުތީ ގިނަ އަދަދެއްގެ މަސް ބޭނޭނެ ކަމުގެ އުއްމީދުގައެވެ. އެހެންނަމަވެސް ކަންތައްތައް ދިމާވީ ހީކުރިގޮތަކަށް ނޫނެވެ.

އެމެރިކާގެ މެއިންގައި ހިނގި މި ހާދިސާގައި، ނަނުގައި ޖެހުނު މިޔަރެއް ވަނީ ބާރު ދުވެލީގައި ލޯންޗާއި ދިމާއަށް ގޮސް، ލޯންޗު މައްޗަށް ފުއްމާލާފައެވެ. އޭރު ލޯންޗުގައި ތިބި މަސްވެރިން ވަނީ މިޔަރު ކައިރިން ސަލާމަތްވުމަށް ލޯންޗުގެ މަތީ ބަޔަށް އަރާފައެވެ.

އެމީހުން ސިފަކުރާ ގޮތުގައި މިއީ ހަޔާތުގައި މަދުން ނޫނީ ތަޖުރިބާ ކުރަން ނުލިބޭނެ ކަހަލަ ކަމެކެވެ. އަދި މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުލިބޭ ކަމަށްވެސް އެމީހުން ބުނެފައިވެއެވެ.

 

ލޯންޗަށް ފުއްމާލި މިޔަރުގެ މިންތައް ނަގައި، ޓެގު ޖެހުމަށްފަހު ވަނީ އަނބުރާ މޫދަށް ދޫކޮށްލާފައެވެ.

މަސްވެރިން ކުއްޔަށް ހިފި ލޯންޗަކީ އާއްމުގޮތެއްގައި މިޔަރުގެ މަސްވެރިކަން ކުރާ ލޯންޗެކެވެ. އެހެން ނަމަވެސް އެމީހުން މިކަން ކުރާ ގޮތަކީ، މަސް ހިފުމަށްފަހު، އޭގެ މިންތައް ނަގައި ޓެގު ހަރުކުރުމަށްފަހު އަނބުރާ ދޫކޮށްލަނީއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!