ފުއްލާތައް ފަތަނީ
ފުއްލާތައް ފަތަނީ

ކަނޑުގައި ފުއްލާތަކެއް ފަތާ ވީޑިއޯއަކަށް ގިނަ ބައެއްގެ ސަމާލުކަން

އެމެރިކާގެ މަސަޗޫސަސްގެ މަސްވެރިންތަކަކަށް މަހަށް ނިކުމެ އުޅުމުގައި އާދަޔާ ހިލާފު މަންޒަރެއް ފެނިއްޖެއެވެ. މި މަސްވެރިންނަށް ފެނުނީ އެއްގަމާއި ގާތްގަނޑަކަށް އެއް މޭލު ދުރުން ކަނޑުގައި ފުއްްލާތަކެއް ފަތާފައިދާތަނެވެ.

އެމީހުން ވަނީ މި މަންޒަރު ވީޑިއޯކޮށް ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ. މިއާ އެކު މި ވިޑިއޯ ވަނީ ވައިރަލްވެފައެވެ. ވީޑިއޯއިން ފެންނަނީ ދެ ފުއްލާ މޫދުގައި ފަތާތަނެވެ.

މަހަށް ނިކުމެ އުޅުނު މަސްވެރިންނަކީ މަސް ބޭނުމުގެ މުބާރާތެއްގައި ބައިވެރިވެގެން އުޅުނު ބައެކެވެ. އެމީހުން ބުނި ގޮތުގައި އޭރު ކަނޑުގެ ލޮނުގަނޑުވެސް ވަރަށް ފިނިވާނެއެވެ. ވީޑިއޯއިން ފެންނަ ގޮތުން ފުއްލާތައް ތިބީ ވަރުބަލިވެފައެވެ.

އެހާލުގައި ތިބި ފުއްލާތަކެއް ސަލާމަތްކުރަން މަސައްކަތް ނުކުރުމުން މީހުން ވަނީ ވީޑިއޯކުރި މަސްވެރިންނަށް ފާޑުކިޔާފައެވެ. އެހެން ނަމަވެސް އެ މަސްވެރިން ބުނެފައިވަނީ، ފުއްލާއަކީ ބީރައްޓެހި ޖަނަވާރަކަށްވުމުން، އެ އެއްޗެހި ލޯންޗަށް އެރުވުމަކީ ފަސޭހަކަމަކަށް ނުވާނެ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!