ގަވާއިދާ ހިލާފަށް މަސް އާލާކޮށް ވިއްކުމުން ޖަލު ހުކުމަކާއި އެކު ބޮޑު ޖޫރިމަނާއެއް

ޕެޑަލް ފިޝްއެއްް
ޕެޑަލް ފިޝްއެއްް

އެމެރިކާގެ ކެންޓަކީގައި، ކޮށީގައި އާލާކުރުން މަނާކޮށްފައިވާ މަހުގެ ބާވަތެއް އާލާކޮށް އޭގެ ވިޔަފާރި ކުރަމުން ދިޔަ ބަޔަކު އަތުލައިގަނެފިއެވެ.

މިކަމުގައި ހަރަކާތްތެރިވެފައިވަނީ ދެ މީހުންނެވެ. އޭގެ ތެރެއިން އެންމެ އިސްކޮށް އުޅުނު ޖޭމްސް ލޯރެންސް ފްރީމަން، 27އ، އަށް އައިސްފައިވަނީ ހަ މަސް ދުވަހުގެ ޖަލު ހުކުމަކާއި، 20000 ޑޮލަރުގެ ޖޫރިމަނާއެއްގެ އިތުރުން، ތިން އަހަރުދުވަސް ވަންދެން އޭނާގެ ހަރަކާތްތައް ކަމާއި ގުޅޭ އިދާރާތަކުން ބަލަމުންދިޔުމެވެ. އަދި މީގެއިތުރުން މަސް ބޭނުމުގެ އެއްވެސް ހަރަކާތެއްގައި އޭނާ އުޅުން، ފަސް އަހަރުގެ ދުވަހުގެ މުއްދަތަކަށް ވަނީ މަނާކޮށްފައެވެ.

ފްރީމަންގެ އެހީތެރިއަކަށް އުޅުނު މާކަސް ހެރަލް، 34އ، އަށް ޕްރޮބޭޝަންގެ މުއްދަތަކާއި އެކު ޖޫރިމަނާއެއްވަނީ ކޮށްފައެވެ. އަދި ފަސް އަހަރުދުވަހުގެ މުއްދަތަކަށް މަސްވެރިކަމުގެ އެއްވެސް ހަރަކާތެއްގައި އޭނާ އުޅުން ވަނީ މަނާކޮށްފައެވެ.

ޙަބަރުތައް ބުނާގޮތުގައި މި ދެމީހުން މި މަސައްކަތުގައި އުޅޭތާ ގިނަ ދުވަސްތަކެއްވަނީ ވެފައެވެ. އެމީހުން މެސިސިޕީގެ، ކޯހޯމާ ކައުންޓީގެ މޫން ލޭކްގައި ޕެޑަލް ފިޝް އާލާކޮށްގެން ބާޒާށް ގެންގޮސް ވިއްކަނީ އެއީ އެހެން ހިސާބަކުން ގެނައި އެއްޗެއްގެ ގޮތުގައިއެވެ.

މެސިސިޕީގެ، ކޯހޯމާ ކައުންޓީގެ މޫން ލޭކްގައި ޕެޑަލް ފިޝް ކޮށީގައި އަލާ ކުރުން މަނާކޮށްފައިވަނީ 2018ވަނަ އަހަަރުއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ