ހދ. ނޮޅިވަރަންފަރު -- ފޮޓޯ/ ނަދީމް
ހދ. ނޮޅިވަރަންފަރު -- ފޮޓޯ/ ނަދީމް

ގެއްލުނު މީހާ ފަތާފައި ރަށުގެ ބަނދަރާ ދިމާއިން އެއްގަމަށް އަރައި ހުއްޓައި ފެނިއްޖެ

ހދ. ނޮޅިވަރަންފަރުގައި، ކެނޯއެއްގައި މަސްހިފަން ގޮސް އުޅެނިކޮށް ގެއްލުނު މީހާ، ފަތާފައި ރަށުގެ ބަނދަރާ ދިމާއިން އެއްގަމަށް އަރައި ހުއްޓައި ފެނިއްޖެއެވެ.

އެމީހާގެ ހާލު ރަނގަޅު ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ، ނޮޅިވަރަންފަރު ގެސްޓު ހައުސްއެއްގައި މަސައްކަތްކުރާ ދެ ބިދޭސީން މަސް ހިފަން ކެނޯއެއްގައި ނުކުމެ އުޅެނިކޮށް އެތަނުން އެކަކު ގެއްލިފައިވާ ކަމަށް 14:15 އެހައިކަންހާއިރު ފުލުހުންނަށް ރިޕޯޓު ކޮށްފައިވާ ކަމަށެވެ.

ގެއްލިގެން ހޯދީ 29 އަހަރުގެ ބަނގްލަދޭޝް ފިރިހެނެކެވެ.

އެމީހާ ގެއްލުނީ ނޮޅިވަރަންފަރު ހުޅަނގު ފަރާތުން ގާތްގަނޑަކަށް 200 މޭލު ބޭރުން ކަމަށް މައުލޫމާތު ލިބިފައިވާކަމަށް ފުލުހުން ބުންޏެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

8 Responses

  1. 200 މޭލު ކީއްކުރަން 20 މޭލު ބޭރަށްވެސް ކެނޯއެއްގަ މަސްހިފާކަށް ނުދާނެ. ޔަގީނުންވެސް އެހާދުރުން ފަތާފަ ނުވިތާކަށް ފަލިޖަަހާފަވިޔަސް ނުވެސް އާދެވޭނެ

  2. 200 ތިނުވަާނެ ރަގަޅު މައުލުުމަަތަކަށް

  3. 200މޭލައްވުރެެ ބޭރުން ބަަންގުލާދޭޝްް އިންް އައިމީހެއް